ވިޔަފާރި
17 Nov 2023 | 19:40
އުރީދޫ ފަން ރަންގައި މިފަހަރު ބިބްގައި ނަން ޖަހާލެވޭނެ

ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރުވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އިރު، އުރީދޫން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

އުރީދޫން މިހެން ބުނެފައި ވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އުރީދޫ ފަން ރަން ބިބް ގައި ނަން ޖަހާނެ ގޮތަކީ ރެޖިސްޓަރ ކޮށްލުމަށް މޫލީއަށް ޒިޔާރަތްކުރުމަށް ފަހު ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލުމަށް ފަހު ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކުރާ ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކޮށްލާށެވެ. ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ލިޔަން ބޭނުންވާ ނަން  ޖެހުމަށް ފަހު އޯޑަރު ކަށަވަރު ކުރެއްވުމަށްޓަކައި ފައިސާ ދައްކަވާ ނިމުމުން ނިމުނީއެވެ. ޖަހާ ނަމުގައި އެންމެ ގިނަވެގެން އިންނަން ވާނީ 7 އަކުރެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ.

100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެ އެވެ.200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަންޑާނާ ހިމެނެ އެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު ހަވީރު ބާއްވާ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެ އެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން އަށް ރެޖިސްޓަރ ވުމަށް އުރީދޫ ފަން ރަން ވެބްސައިޓްއަށް ޒިޔާރަތް ކުރާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.