ރައީސް ޑރ މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިންގެ ދެކަނބަލުން. ފޮޓޯ: ރައީސް އޮފީސް
ހަބަރު
18 Nov 2023 | 09:54
ހުވައިކުރުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންނާއި ރައީސް ޑރ މުއިއްޒު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ ޤާނޫނީ ހުވައިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތައް ރާއްޖެއިން ބޭރުން ވަޑައިގެންނެވި އިއްޒަތްތެރިންނާއި ރައީސް ޑރ މުޙައްމަދު މުޢިއްޒުއާއި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފުގެ ދެކަނބަލުން ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ، ރޭ ކުރުނބާ މޯލްޑިވްސްގައެވެ.

ރައީސް ޑރ މުއިއްޒު ބޭރުގެ އިއްޒަތްތެރިންނާއި ބައްދަލުކުރައްވަނީ

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބޭރު ޤައުމުތަކުގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޑރ މުއިއްޒު ބޭރުގެ އިއްޒަތްތެރިންނާއި ބައްދަލުކުރައްވަނީ

ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ބައެއް ބޭފުޅުންނާއި ވަކިވަކިން ވެސް ރައީސް ބައްދަލުކުރައްވައިފައިވެއެވެ. 

ރައީސް ޑރ މުއިއްޒު ވެރިކަމުގެ ހުވައި ކުރައްވައިފައިވަނީ އިއްޔެ ހަވީރު ބޭއްވުނު ރަސްމިއްޔާތެެއްގައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ނައިބު ހުސެއިން މުޙައްމަދު ލަޠީފްވެސް ވަނީ ހުވައި ކުރައްވައިފައެވެ. 

ރައީސް ކަމުގެ ހުވައި ކުރުމުގެ ރަސްމިއްޔާތައް ފަހު ރޭގެ ވަގުތެއްގައި ވަނީ ރައީސް ޑރ މުޢިއްޒުގެ ކެބިނެޓްގައ ހިމެނިވަޑައިގަންނަވާ ވަޒީރުން ހުވާކުރައްވާފަ އެވެ. އަދި އެއަށްފަހު ސަރުކާރުގެ އިސް ބައެއް މަޤާމުތަކަށް ވެސް ވަނީ ބޭފުޅުން އައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.