މިނިސްޓަރ ޣައްސާން ބައްޕާފުޅު ރައީސް މައުމޫން އަދި ބޭބެ ފާރިސް މައުމޫނާއިއެކު. ފޮޓޯ: ވީނިއުސް
ހަބަރު
18 Nov 2023 | 12:21
ބައްޕާފުޅު ރައީސް މައުމޫންގެ މަރްޙަބާ މިނިސްޓަރ ޣައްސާނަށް

އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫނު އައްޔަންކުރެއްވުމާއި ގުޅިގެން، ބައްޕާފުޅު ރައީސް މައުމޫނު މަރުޙަބާ ދަންނަވައިފި އެވެ. 

ރައީސް މައުމޫން މިނިސްޓަރ ޣައްސާނަށް މަރްޙަބާ ދެންނެވީ އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ޣައްސާން ހޮއްވަވައިފައިވަނީ ވަރަށް މުހިންމު މިނިސްޓްރީ އެއް ހިންގުމަށް ކަމަށެވެ.

އަދި ރައީސް މައުމޫންގެ ޓްވީޓުގައި ދިވެހިންގެ މިނިވަން ކަމާއި ދިވެހިންގެ އެއްބައިވަންތަކަން ވަރުގަދަ ކުރުމުގެ މަސައްކަތުގައި ޣައްސާންގެ އަށް ރަނގަޅު މަގު އިޚްތިޔާރު ކުރުމަށް މާތް الله ތައުފީޤް ދެއްވުން އެދި ދުޢާ ކުރައްވައިފައިވެއެވެ.

މިނިސްޓަރ ޣައްސާން މީގެ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ތ ގުރައިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައެވެ.

ރައީސް މައުމޫން ވަނީ ރާއްޖެގެ 8 ވަނަ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައި ޓްވީޓެއް ކުރައްވައިފައެވެ. އަދި ރައީސް މައުމޫންގެ އެ ޓުވީޓުގައި ވަނީ ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުޢިއްޒު ދެއްވެވި ތަޤްރީޜަށް ވެސް ތަޢުރީފު ކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.