އިންޑިޔާގެ ސައިންސް މިނިސްޓަރާއި ރައީސް ޑރ މުޢިއްޒު ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ހަބަރު
18 Nov 2023 | 19:01
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ގެންދިޔުމަށް ރަަސްމީކޮށް އެދިއްޖެ

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިޔާ ސަރުކާރުގައި އެދިއްޖެއެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އިންޑިޔާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް ކިރަން ރިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންގެ ދެމެދުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އިންޑިޔާގެ މނިިސްޓަު އޮފް އަރތް ސައިންސެސް ކިރަން ރިޖެޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންގެ ދެމެދުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެ އިން ބޭލުމަކީ ރައީސް ޑރ މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި ވަޢުދެކެވެ.

އެގޮތުން ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކުގެ ތެރޭގައި އެންމެ އިސްކަމެއްދެއްވާ ފުރަތަމަ ކަމެއްގެ ގޮތުގައި ހިމަނުއްވާފައި ވަނީ ވެސް އިންޑިޔާ ސިފައިން އަނބުރާ ފޮނުވާލެއްވުމެވެ. ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތްޕުޅު ފައްޓަވާނެ ކަމަށް މުޢިއްޒު ވަނީ ވަޢުދުވެޑައިގެންފައެވެ.

ރިޔާސީ ކެމްޕެއިންގައި ވެސް ވަނީ އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ފޮނުވާލައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އެއަށްފަހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އިންޑިޔާގެ ސަފީރާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިޔާ ސަފީރުވެސް ވަނީ ރައީސް ޑރ މުޢިއްޒުގެ އެ ނިންމެވުމަށް އިޚްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
އިހުތި ރާމް
ޢިންދިޔާއިން އިހުތިރާމް ކުރަން ޖެހޭނެ އަޅުގަޑުމެން ވެސް އިންޑިއާގެ ރައީސް އެދިލައް ވާކަންތަކައް އިހުތިރާމް ކުރަން
18 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.