ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް--ފޮޓޯ/ރައީސް އޮފީސް
ހަބަރު
19 Nov 2023 | 17:34
5 އަހަރުތެރޭ، އިންޑިޔާއާއެކު 100 އަށްވުރެ ގިނަ ބައިލެޓްރަލް އެއްބަސްވުން ވެފައި އެބަހުރި: ފިރުޒުލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި، ހަމައެކަނި އިންޑިޔާއާއި އެކު 100 އަށްވުރެ ގިނަ ބައިލެޓްރަލް އެއްބަސްވުން ވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާދަތަށް އުނިކަންވާގޮތަށް އެކި ގައުމުތަކާއެކު ވެފައިވާ އެއްބަސްވުން ތަކުގެ ތެރޭގައި ހިމެނޭ، ސިޔާދަތަށް އުނިކަން ލިބޭނޭ ގޮތަށް ހުރި ނުކުތާތައް އެއްބަސްވުންތަކުން އުނިކުރުމަކީ އައު ސަރުކާރުން ކުރާނޭ މަސައްކަތެއް ކަމަށެވެ. 

އަދި ބޭރު ގައުމުތަކާއި އެކު ސޯލިހުގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ އަވަށްޓެރި އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތައް ކަން ފިރުޒުލް ފާހަގަކުރެއްވި އެވެ. 

މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ބައިލެޓްރަލް އެއްބަސްވުން ތަކުގެ ގޮތުގައި، އިންޑިޔާއާއެކު އެކަނި، ވޭތުވެދިޔަ 5 އަހަރު ތެރޭގައި، 100 އަށްވުރެ ގިނަ ބައިލެޓްރަލް އެގްރީމެންޓް ސޮއިކުރެވިފައި އެބަހުރި. އަޅުގަނޑު މިއަދަދުގެ ތެރޭގައި މި ފާހަގަކުރަނީ ޕްރޮޖެކްޓްތައް ހިންގުމަށް ވެވިފައިހުރި އެއްބސްވުންތައް ނުހިމަނައި. ޕްރޮޖެކްޓް ތައް ހިންގުމަށް ވެވިފައިހުރި އެއްބަސްވުންތައް ނުހިމަނާ 100 އަށްވުރެ ގިނަ އެއްބަސްވުން އިންޑިއާއާއެކު ވެފައިވޭ. މިއީ ވަރަށް ބޮޑު އަދަދެއްކަން ފާހަގަކޮށްލަންޖެހޭ. 

ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް

ފިރުޒުލް އިތުރަށް ވިދާޅުވީ، އިންޑިޔާއާއެކު އެހާ ގިނަ އަދަދެއްގެ އެއްބަސްވުންތައް ވެފައިވާއިރު، އެ އެއްބަސްވުންތައް ދިރާސާ ކުރުމަށްވެސް އައު ސަރުކާރަށް ވަގުތު ބޭނުންވާ ކަމަށެވެ. 

ސޯލިހުގެ ސަރުކާރުން އިންޑިޔާއާއެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކޮށް، އެ އެއްބަސްވުންތަކުގައި ހިމެނޭ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ މާއްދާތައް އުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް އެމަނިކުފާނު މަސައްކަތް ކުރައްވަމުންދާނީ އެ ވަޢުދު ފުއްދުމަށް ކަމަށް ރައީސް އޮފީހުން ވަނީ ޔަގީންކަން ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.