މުލިއާގެ ބޭރު/ ފޮޓޯ: އިންޓަނެޓް
ހަބަރު
19 Nov 2023 | 19:20
މުލިއާގެ މަރާމާތު ކުރިޔަސް، ގެކޮޅުގެ އަސްލަށް ބަދަލެއް ނާންނާނެ: ފިރުޒުލް

ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ދައުލަތުގެ ގެކޮޅު މުލިއާގެ މަރާމާތު ކުރާނީ އެ ގެކޮޅުގެ ތާރީހީ އަސްލުތައް ނުގެއްލޭގޮތަށް ކަމަށް ރައީސް އޮފީހުގެ އަންޑަ ދެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ. 

ފިޒުލުލް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

ފިރުޒުލް ވިދާޅުވީ މުލީއާގެ މަރާމާތުކުރަން ސީދާ ޚަރަދުވަނީ ކިހާ ވަރެއްކަން ދަންނަވަން ދަތިކަމަށެވެ. އެހެން ނަމަވެސް ރައީސުން ބަދަލުވެ، އާ ރައީސް ގެކޮޅަށް ވަޑައިގަތުމުގެ ކުރިން މުލިއާގޭގެ އާބާތުރަފިލުވާ މަރާމާތުގެ މަސައްކަތް ކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު ފިރުޒުލް ވިދާޅުވީ މުލީއާގެ މަރާމާތު ކުރި ކަމަވެސް، އެކަން ކުރާނީ ގެކޮޅުގެ ތާރީހީ އަސްލުތައް ނުގެއްލޭނެހެން ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ވެސް ދެއްވާކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

"މަރާމާތުގެ ކަންކަން ކުރިއަށް ދާއިރު، އެ ގެކޮޅުގެ އަސްލަށް، ތާރީހީ އާސާރުތަކަށް ބަދަލެއް އަންނަ އެއްވެސް ކަމެއް ނުހިނގާނެ. މަރާމާތުގެ ކަންތައްތަކަކީ އޭގެ ޒާތުގައި ކޮންމެ ފަހަރަކުވެސް އަދި ވެރިކަން ބަދަލުނުވި ނަމަވެސް މެއިންޓަނެންސްއަށް ކުރަން ޖެހޭ މަސައްކަތްތަކާއި ކަންތައްތައް ކުރެވިގެންދާނެ"

ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފިރުޒުލް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ދިރިއުޅުން ބަދަލުކުރައްވާނީ ޑިސެމްބަރު މަހުގައެވެ. 

މުލިއާގެ އިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ނިކުމެވަޑައިގަތުމާ އެކު ގެކޮޅު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.