އިންޑަސްޓްރިއަލް ވިލެޖާއި ވީ ފަޅީގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ/ ފޮޓޯ: މިހާރު
ހަބަރު
19 Nov 2023 | 19:18
ރައީސް ޞާލިހުގެ ސަރުކާރަށް ނިންމާލެވުނީ ތިލަމާލެ ބްރިޖުގެ 27 އިންސައްތަ: ފިރުޒުލް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ނިންމާލެވިފައިވަނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ އެންމެ 27 އިންސައްތަ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ. 

ތިލަމާލެ ބްރިޖު މަޝްރޫއުއަކީ ރައީސް ޞާލިހުގެ ސަރުކާރުން ފެށި އެންމެ ބޮޑު އުމްރާނީ މަޝްރޫއެވެ. ވެރިކަމުގެ 5 އަހަރު ތެރޭ އެ ބްރިޖުގެ މަސައްކަތް ނިންމަވާނެކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ނަމަވެސް، މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިއަށް ނުގެންދެވި ލަސްވެގެން ދިއުމާއި ގުޅިގެން ރައީސް ޞާލިހަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ދިޔައެވެ. އަދި އެއީ އެމަނިކުފާނުގެ ސަރުކާރުގެ "ފެއިލިއާ" އެއްގެ ގޮތުގައި ލޭބަލް ކުރެވިގެން ދިޔަ މަޝްރޫއަކަށް ވަނީ ވެފައެވެ. 

ނޮވެމްބަރު 17 އަށް ފަހު ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ ތިލަމާލެ ބްރިޖުގެ މަޝްރޫއު ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް އާ ސަރުކާރުން ނިންމާލެ ތާރީޚެއް ސާފުކޮށްދެއްވުމަށާއި، އެ މަޝްރޫއު ކުރިއަށް ގެންދަވަން ރާއްވަވާފައިވާ ގޮތެއް ސާފުކޮށްދެއްވުމަށް އެދިފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ފިރުޒުލް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިއަށް ދިޔަނަމަ މިހާ ހިސާބަށް މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ހުންނާނީ ނިންމާލެވިފައި ކަމަށެވެ. އެހެން ނަމަވެސް އިންތިގާލީ މަރުހަލާގައި ހޯދުނު ހޯދުންތަކަށް ބަލާއިރު، ނިމުނު ސަރުކާރަށް ނިންމާލެވިފައި ވަނީ އެ މަޝްރޫއުގެ އެންމެ 27 އިންސައްތަ މަސައްކަތް ކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

"އަސްލު ހަގީގަތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަދާއި ހަމަޔަށް އަންނައިރު، 77 ޕަސެންޓު ނިމިފައި އޮންނަންޖެހޭ ފުރަތަމަ އެކުލަވާލެވުނު ތާވަލަށް ބަލާއިރު، އެހެން ނަމަވެސް މިހާތަނަށް ނިމިފައި ވަނީ 27 ޕަސެންޓު މަސައްކަތް"

ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފިރުޒުލް

ފިރުޒުލް ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެ މަޝްރޫއުގެ ހާލަތު ބެލުމުގެ މަސައްކަތް ކަމަށެވެ.

އަދި އެފަހުން ދެން އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތް ރާއްވަވާނެ ކަމަށާއި، އަދި މަޝްރޫއު ނިންމާނެ ތާރީޚެއް މިހާރު ނުދެންނެވި ނަމަވެސް، ދިރާސާތަކަށް ފަހު ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން ފިރުޒުލް ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއު ނުނިމި ލަސްވެގެން ދިޔަ ސަބަބުތައް ދެނެގަނެ، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރާވާލުމަކީ ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރައްވާނެ ކަންކަމުގެ މަގުޗާޓުގައި ވެސް ހިމަނުއްވާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.