އަހުމަދު އާއި ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުޢިއްޒު--
ހަބަރު
19 Nov 2023 | 19:13
ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ކަމަށް އަޙުމަދު (ޤައުމީލޭ)!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ޕީއެންސީގެ ސެނެޓް މެންބަރު އަޙުމަދު ހަމްދުالله ރަޝީދު (ޤައުމީލޭ) ވާދަކުރައްވަން ނިންމައިފިއެވެ.

އަހުމަދު ވިދާޅުވެފައިވާ ގޮތުގައި، އޭނާ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސަރުކާރާއި ގުޅިގެން ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި ހާސިލް ކޮށްދިނުމަށް ކަމަށެވެ. އެގޮތުން މަގުތައް ހެދުމާއި، ފާކިންގ އަދި ބޯހިޔާވަހިކަމުގެ މައްސަލަ ފަދަ މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މ.ބީޗްހެވަން އަޙުމަދު ހަމްދުالله ރަޝީދު އަކީ މާލޭ އިންގްލިޝް ސްކޫލުން ތަޢްލީމް ހާސިލް ކުރުމަށްފަހު ޤައުމީ ޔުނިވަރ ސިޓީން ނެވިގޭޝަން ދާއިރާއިން މަތީ ތަޢްލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. 

ކޮންސްޓްރަކްޝަން ގެ ދާއީރާއިން ވަޒީފާގެ މާހައުލަށް ނުކުންނެވި އަހުމަދުގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއްވެސް އޮވެއެވެ. އޭނާ މިވަގުތު މާލޭ ސިޓީކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރެއްގެ މަޤާމު އަދާކުރައްވަމުންދާއިރު، މިއަދާއި ހަމައަށް ތިން ކުންފުންޏެއްގައި އެކި މަޤާތަކެއްގައި ވަނީ މަސައްކަތްކުރައްވާފައެވެ. އެގޮތުން ސައިޓް ސުޕަވައިޒަރ ،ސިވިލްސުޕަރވައިޒަރ، ސައިޓް މެނޭޖަރ، އަދި ކޮންސްޓްރަކްޝަން މެނޭޖަރ ކަން ވެސް ވަނީ ކުރައްވާފައެވެ.

މީސްމީޑިއާގައި ގައުމީލޭ ގެ ނަމުން މަޝްހޫރުވެފައިވާ އަހުމަދު ސިޔާސީ ގޮތުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް ބަލާލާއިރު، އޭނާ އަކީ ޕީ.ޕީ.އެމް އުފެދުނީއްސުރެން ޕީ.ޕީ.އެމް ފިކުރުގައި މަސައްކަތް ކުރައްވަމުން އަންނަ ޕީ.އެން.ސީ ސެނެޓް މެމްބަރެކެވެ. އަދި މާފަންނު ހުޅަނގުދާއިރާގެ ސްޓިއަރިންކޮމެޓީގެ ރައީސްވެސް މެއެވެ.

އޭނާ އަކީ ޕީ.ޕީ.އެމް ޕީ.އެންސީ އިދިކޮޅު ގައި އޮވެގެން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ މަގުމަތީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލާ ހިންގުނު ހަރަކާތްތަކާއި އިންޑިޔާ އައުޓް ހަރަކާތްތައް ހިމެނެއެވެ. އެ ހަރަކާތްތަކުގެ ތެރެއިން 53 ފަހަރެއްގެ މަތިން މުއްދަތު ޖަހާ 265 ދުވަހު އޭނާ ވަނީ ޖަލުގައި ބަންދުކޮއްފައެވެ. 

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖައް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
މުސްތަފާ
އަޅުގަޑުވެސް ގަބޫލްކުރަން އަހުމަދު ހަމްދުﷲ ރަޝީދު އަކީ ހީވާގި ގާބިލް އިހްލާސްތެރި ކެރޭ ކުޅަދާނަ ފަހުލަވާނެއްކަމަށް. ގައުމީލޭ އަހުމަދު ވަރެއް ހަމަނެތް
20 Nov 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.