މެމްބަރު ހުސައިން މުހައްމަދު ދީދީ
ހަބަރު
20 Nov 2023 | 14:26
ވަޒީފާ ގެއްލޭ މީހުންނަށް މާލީ އެހީތެރިކަމެއް ދިނުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

ވަޒީފާ ގެއްލޭ މީހުން އާ ވަޒީފާއެއް ހޯދުމަށް ހޭދަވާ މުއްދަތުގައި ސަރުކާރުން މާލީ އިނާޔަތެއް ދިނުމަށް އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މިއަދު ފުރަތަމަ ކިޔުން އިއްވި ބިލު ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ. މި ބިލަކީ ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލެކެވެ.

މި ބިލުގައި ވަނީ، މި ސްކީމް ހިންގުމަށްޓަކައި އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ފަންޑެއް އުފައްދައި، ފަންޑު ހިންގުމާއި ފަންޑުން އިންވެސްޓުމެންޓް ދޭނެ ގޮތް ބަޔާން ކޮށްފަ އެވެ. މި ފަންޑު ބަލަހައްޓާނީ މޯލްޑިވްސް ފެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުންނެވެ.

އޭގައި ވަޒީފާ ނެތް ހާލަތުގައި ދޭ އެހީގެ ގޮތުގައި "ޖޮބް ސާޗް" އެލަވަންސެއް ދޭން ވަނީ ހިމަނައިފަ އެވެ.

މި ބިލު ގާނޫނަކަށް ވުމާ އެކު ރާއްޖޭގައި ވަޒީފާ އަދާ ކުރާ ޕަބްލިކް އަދި ޕްރައިވެޓު ސެކްޓާ ހިމެނޭހެން، ހުރިހާ މުވައްޒަފުން މި ސްކީމްގައި ރެޖިސްޓްރީ ކުރަން ޖެހޭނެ އެވެ. ފަންޑުން އެހީ ލިބޭނެ ކަމަށް ބުނެފައިވަނީ ދައުލަތުގެ ވަޒީފާއެއްގައި ތިން މަސް ވެފައިވާ އަދި އެހެނިހެން ވަޒީފާތަކުގައި ހަ މަސް ދުވަސް ވެފައިވާ މުވައްޒަފުންނަށެވެ. ކޮންމެ މުވައްޒަފަކު ވެސް ވަޒީފާއަދާ ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ސްކީމްގައި ރެޖިސްޓާ ކުރަން ޖެހޭނެ ކަމަށް ވެސް މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި ވެއެވެ.

ބިލުގައިވާ ގޮތުން މި ސްކީމް ހިންގާނީ ވަޒީފާ އަދާކުރާ ފަރާތްތައް އިންޝުއަރެންސް ސްކީމްގައި ހިމަނައިގެން ވަޒީފާ ދޭ ފަރާތާއި އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އެ ފައިސާ އިންވެސްޓުކޮށްގެންނެވެ.

ވަޒީފާ ދޭ ފަރާތުންނާއި އަދާކުރާ ފަރާތުން ވެސް ޕެންޝަނަށް ބަލާ ފައިސާގެ 0.75 ޕަސެންޓު މި ފަންޑަށް ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މި ފައިސާ ދައްކަން ޖެހޭނީ ޕެންޝަނަށް ދައްކާ ފައިސާއާ އެކުގަ އެވެ.

"ޖޮބް ސާޗް" އެލަވަަންސްގެ ގޮތުގައި ދިނުމަށް ބިލުގައި ހިމަނާފައިވަނީ ވަޒީފާ ގެއްލުނު އިރު ލިބެމުން ދިޔަ ޕެންޝަނަށް ބަލައި، މުސާރައިގެ 70 ޕަސެންޓެވެ. އެންމެ ކުޑަ އަދަދަކަށް 3،000 ރުފިޔާ އަދި އެންމެ ބޮޑު އަދަދަކަށް 10،000 ރުފިޔާ ދިނުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. މި އެލެވަންސް އެންމެ ގިނަވެގެން ލިބޭނީ ޖެހިޖެހިގެން ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

އެހެންނަމަވެސް މި މާލީ އެހީ އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ވަކިކުރާ ފަރާތްތަކާއި ނާގާބިލްކަމުގެ ސަބަބުން ވަކި ކުރާ ފަރާތްތަކުގެ އިތުރުން ރިޓަޔާ ވާ ފަރާތްތަކަށް ނުލިބޭނެ އެވެ.

މީގެ އިތުރުން ބިލުގައި ވަނީ، ވަޒީފާ ގެއްލޭ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވުމަށް "ރީއެމްޕްލޯއިމެންޓް ޕްލޭސްމެންޓު" ޕްރޮގްރާމެއް ރާވައި ހިންގުމަށް ނެޝަނަލް ޖޮބް ސެންޓަރާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް
ޢަލިއ
ސިޔާސީ ވަޒީފާގައި ތިބެފައި ދައުރު ބަދަލުވުމުން، ވަކިވާ މީހުން ހިމަނައިގެން ނުވާނެ.
20 Nov 2023
ޢަލިއ
ސިޔާސީ ވަޒީފާގައި ތިބެފައި ދައުރު ބަދަލުވުމުން، ވަކިވާ މީހުން ހިމަނައިގެން ނުވާނެ.
20 Nov 2023
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.