މީރާ--
ހަބަރު
23 Nov 2023 | 13:11
ޓެކްސް ނުދައްކާ ގިނަ ފަރާތްތަކެއްގެ ނަން މީރާއިން ހާމަކޮށްފި

ޤަވާއިދުން ޓެކުސް ނުދައްކާ ފަރާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ނަންތައް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން މިއަދު ހާމަކޮށްފިއެވެ.

ލިސްޓު އާއްމު ކޮށްފައިވަނީ މިއަދު މީރާއިން މިކަމާ ގުޅިގެން ކުރި ޓްވީޓެއްގައެވެ.

މީރާއިން އާންމުކޮށްފައިހުރި ލިސްޓުގައިވާ މީހުންނަކީ 2022 ވަނަ އަހަރުގެ ޖީއެސްޓީ ބަޔާން އަދި އިންކަމް ޓެކްސް ނުދައްކާ ހުރި ފަރާތްތަކެވެ. މިގޮތުން މި ލިސްޓްގައި 769 ފަރާތެއްގެ ނަން ހާމަ ކޮށްފައިވާއިރު އޭގެ ތެރެއިން 21 ފަރާތަކީ އިންކަމް ޓެކްސް ދައްކާފައިނުވާ ފަރާތްތައްކަމަށް މީރާއިން ބުނެއެވެ. އަދި ބަކީ ތިބި 748 ފަރާތަކީ  ފާއިތުވެދިޔަ އަހަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކެވެ.

މި ލިސްޓްގައި ރާއްޖޭގައި ހިންގާ ވަރަށް ބައިވަރު ވިޔަފާރި ތަކުގެ އިތުރުން، އާންމު ފަރާތްތަކުގެ ނަންތައް ވެސް މީރާއިން ވަނީ ހާމަކޮށްފައެވެ.

މީރާއިން މިދިޔަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ޖުލައި މަހުގެ ނުވަވަނަ ދުވަހަށް ވަނީ ލަސްވެސް ކޮށްދީފައެވެ. 

މިފަދަ ހާލަތް ތަކުގެ ދަށުން މީރާއިން ބޭނުން ކުރަމުން އަންނަ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މީގެ ކުރިންވެސް  ޓެކްސް އަދި މީރާއަށް ދައްކަންޖެހޭ ފައިސާއެއް ދައްކާފައި ނުވާނަމަ އެ ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކޮށް، ފައިސާ ދެއްކުމަށް މަޖުބޫރުކުރުމުގެ ގޮތުން އެހެން ފިޔަވަޅުތައްވެސް މީރާއިން އަޅަމުން ގެންދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.