ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
23 Nov 2023 | 17:56
އަންނަ ހަފްތާގައި ޢިމްރާން ޚާން ކޯޓަށް ހާޒިރުކުރުމަށް ޕާކިސްޠާނުގެ ޚާއްސަ ކޯޓުން އަންގައިފި

ޖަލުގައި ހުންނެވި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން އަންނަ ހަފްތާގައި ކޯޓަށް ހާޒިރުކުރުމަށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޚާއްސަ ކޯޓުން އަންގައިފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޕާކިސްތާނުގެ ސަރުކާރުގެ ސިއްރުތަކެއް ފާޅު ކުރި ކަމުގެ ތުހުމަތުގައި ޢިމްރާން ޚާން ހާޒިރުކުރުމަށް އަންގައިފައިވަނީ ޕާކިސްތާނުގެ އޮފިޝަލް ސީކްރެޓްސް އެކްޓްގެ ދަށުން ޤާއިމް ކޮށްފައިވާ ޚާއްސަ ކޯޓަކަށެވެ.

ޢިމްރާން ޚާންގެ އިތުރުން ޕާކިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޝާޙް މަހްމޫދް ޤުރައިޝީ ވެސް އެކޯޓަށް ހާޒިރުކުރުމަށް ވެސް ވަނީ އަންގައިފައެވެ. ޝާޙް މަޙްމޫދްވެސް ހުންނެވީ ޖަލު ބަންދުގައެވެ.

ކޯޓު އަމުރުގެ ދަށުން ޢިމްރާން ޚާން ކޯޓަށް ހާޒިރު ކޮށްފިނަމަ އެފެނިލުން ވެގެންދާނީ އޮގަސްޓު މަހު ޢިމްރާން ޚާން ޖަލުބަންދަށް ގެންދިޔަ ފަހުން ޢާންމުކޮށް ފެނިގެންދާނެ ފުރަތަމަ ފެނިލުމަށެވެ.

އޮގަސްޓު މަހު ޢިމްރާން ޚާން ޖަލުގައި ބަންދު ކޮށްފައިވަނީ ޕާކިސްތާނުގެ ސަރުކާރަށް ބޭރުގެ ޤައުމުތަކުން ހަދިޔާގެ ގޮތުގައި ލިބުނު ތަކެތި ޢިމްރާން ޚާން 2018 ވަނަ އަހަރުން 2022 އާއި ހަމައަށް ބޮޑުވަޒީރު ކަން ކުރި ދުވަސްވަރު، ޤާނޫނާއި ޚިލާފަށް ވިއްކި ކަމުގެ ތުހުމަތުގައެވެ.

ޢުމުރުން 71 އަހަރުގެ ޢިމްރާން ޚާން ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުން ދުރުކޮށްފައިވަނީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން އޭނާގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގައިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.