ހަނގުރާމަ ހުއްޓާލުމާއިއެކު ފަލަސްތީނުގެ މުސްލިމުން އެމީހުންގެ ގެތަކަށް އަނބުރާ ދިޔުމުގެ ދަތުރު ފަށަނީ-- ފޮޓޯ/ގުދުސް ނެޓްވޯކް
ދުނިޔެ
24 Nov 2023 | 12:19
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު ޢާއްމު 4 ދުވަހަށް މެދުކަނޑަލައިފި!

ހައްދުފަހަނައަޅާފައިވާ އިސްރާއިލުގެ ޒަޔަނިސްޓުން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލުޢާއްމު 4 ދުވަހަށް މެދުކަނޑަލައިފި އެވެ.

އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް 4 ދުވަހަށް މެދުކަނޑާލާފައި މިވަނީ ޔަހޫދީންނާއި، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ މުޖާހިދުންނާއި ޤަޠަރާއި މިޞްރު އަދި އެމެރިކާ މެދުވެރިވެގެން ދެކެވުނު ވާހަކަތަކަށްފަހު ވެވުނު އެބަސްވުމަކަށްފަހުގައެވެ. 

އެ އެއްބަސްވުމުގައި ވާގޮތުން، ހަނގުރާމަ މެދުކަނޑާލާފައި މިވާ ވަގުތުގައި އިޒްރާއިލްގެ ޔަހޫދީ ސިފައިން ރަހީނުކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 150 މީހުން ދޫކޮށްލަންޖެހެއެވެ. އަދި ފަލަސްޠީނުގެ ހަމާސްގެ ޖަމާއަތުގެ މުޖާހިދުން ރަހީނު ކޮށްފައިވާ އިޒްރާއިލްގެ ރައްޔިތުންގެ ތެރެއިން 50 މީހަކު ދޫކޮށްލަންޖެހެއެވެ. 

މީގެ އިތުރުން، ގަތުލުޢާއްމު މެދުކަނޑައިލާފައިވާ 4 ދުވަހުގައި ޣައްޒާއަށް އިންސާނީ އެހީގެ 300 އެއްހާ ޓްރަކް ވެއްދުމަށްވެސް ވަނީ ޝަރުތުކޮށްފައެވެ. 

އިޒްރާއިލްގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ ހަނގުރާމަ މެދުކަނޑާލުމުގެ މާނައަކީ ހަނގުރާމަ އެއްކޮށް ހުއްޓައިލުން ނޫން ކަމަށާއި މެދުކަނޑާލަން ބުނެފައިވާ މުއްދަތު ފާއިތުވުމުން ހަމަލާތައް ފަށާނެ ކަމަށެވެ.

އިޒްރާއިލުން ފަލަސްޠީނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު އާއްމަށް 48 ދުވަސް ވެފައިވާއިރު، މި ގަތުލުއާންމުގެ ތެރެއިން 11,000 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ބޮޑު އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.