ޕީޕީއެމް އިން ރޭ ބޭއްވި ސެނެޓް ބައްދަލުވުމުގެ ތެރެއިން--
ހަބަރު
26 Nov 2023 | 13:20
މަޖިލީސް އިންތިހާބަށް ޕީއެންސީ އަދި ޕީޕީއެމް އެކުގައި ވާދަކުރަނީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ އަދި ޕީޕީއެމް އެކުގައި ނިކުންނަން ނިންމައިފި އެވެ.

މިފަދައިން ދެޕާޓީއެކުގައި ވާދަ ކުރުމަށް ނިންމާފައިވަނީ އެންމެ ފަހުން ބޭއްވި ޕީޕީއެމް ލީޑާޝިޕްގެ ސެނެޓްގައި ބައިވެރިވި ބޭފުޅުންގެ އިއްތިފާގުންނެވެ. އަދި މިކަމުގައި އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ ދެން ހުރި ކަންކަންވެސް ދެޕާޓީގެ ޖޮއިންޓް ސެނެޓަކުން ނިންމަމުން ގެންދާނެކަމަށްވެސް ވަނީ އިއުލާން ކޮށްފައެވެ.

ރޭގައި ސެނެޓްގެ ބައްދަލުވުން ބާއްވާފައިމިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ދާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން ޕާޓީއިން ވަކިވެވަޑައިގަތްކަން އިއުލާން ކޮށްފައިވަނީ 23 ނޮވެމްބަރު 2023 ގައެވެ. އަދި ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ އައު ޕާޓީގެ ނަމަކީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް(ޕީއެން ފްރޮންޓް) ކަން އިއުލާން ކޮށްފައިވާއިރު މިއަދު ވަނީ ޕާޓީ ރެޖިސްޓަރ ކުރުމުގެ ކަންތައްތަކަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ.

ޕާޓީ ރެޖިސްޓަރ ކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ގެ ނަންފުޅު މަތީގައެވެ. އަދި ޕާޓީ ހިންގާ އޮފީހަކީ ކުރީގައި ޕީޕީއެމް ހިންގުމަށް ބޭނުންކުރި އޮފީހެވެ.

އެމަނިކުފާނު ޕީޕީއެމުން ވަކިވެ ވަޑައިގެންނެވީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެން،ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.