ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު-- ފޮޓޯ/ވޮއިސް
ހަބަރު
27 Nov 2023 | 15:57
ފުށިދިއްގަރުފަޅު މަޝްރޫޢުއަކީ 20 އަހަރުގެ ޕްލޭނެއް؛ ލޭންޑް ޔޫސް ޕްލޭން އޮތީ ނިމިފައި: މިނިސްޓަރ

ފުށިދިއްގަރުފަޅު ހިއްކާ، އެތަން ބޭނުންކުރާނޭ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށާ، އެއީ 20 އަހަރުގެ ދޮގު ރާސްތާ ޕްލޭން އެއް ކަމަށް ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޤައުމީ ތަރައްޤީއާއި، ތަރިކައިގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީ މެންބަރުން ވަނީ މިސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ފުށިދިއްގަރުފަޅު ހިއްކުމަށް ފައިސާ ހޯދާނެ ގޮތާއި، އެތަން ތަރައްގީ ކުރާ ސަބަބު ތަކާއި, އަދި އެތަނުގެ ލޭންޑް ޔޫސް ޕްލޭން އެއް ހެދިފައިވޭތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ.ޙައިދަރު ވިދާޅުވީ، މިނިވަންކަމާއި އިސްތިޤުލާލަށްފަހު، މިސަރުކާރުން އެންމެ އިސްކަންދޭނެ އެއް ސިޔާސަތަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުން ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކަށް ގޯއްޗާއި ފުލެޓް ލިބިފައިވީ ނަމަވެސް، މާލޭގެ ތޮއްޖެހުން ކުޑަކޮށް، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެންމެނަށްވެސް އެ ފުރުސަތު ފަހި ކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެގޮތުން، ފުށިދިއްގަރުފަޅުން ގޯއްޗާއި ފްލެޓު ދިނުމުގެ ބިޔަ މަޝްރޫޢާއެކު، 75،000 ޢާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށާ ފުށިދިއްގަރު ފަޅަކީ 20 އަހަރުގެ ދިގު ރާސްތާއަކަށް ރާވައިގެން ހިންގޭ މަޝްރޫޢެއް ކަން ޑރ. ހައިދަރު ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑު ދެކޭ ގޮތުގައި ހަމައެކަނި މިހާރު ތިބި ހުރިހާ އެންމެންނަށް ގޯތި ދީގެން، ދެން އަތް އުރާލައިގެން ތިބެވޭކަށް ނޯންނާނެ. އަޅުގަނޑުމެން ޖެހޭނެ ކުރިއަށް ވިސްނާފައި، ކުރިއަށް އޮތް 20 އަހަރަށް ޕްލޭނެއް ރާވަން."

ޑރ. ޢަލީ ހައިދަރު އަޙުމަދު 

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުށިދިއްގަރު ފަޅުގެ ޕްލޭން ހަދައި ނިމިފައިވާ ކަމަށާ، އެތަން ހިއްކާނެގޮތާއި، އެ މަޝްރޫޢަށް ޚަރަދުވާނެ ފައިސާ ހޯދާނެ ގޮތް މިސަރުކާރުން ރާއްވަވާނެކަމަށެވެ. އެގޮތުން، މިމަޝްރޫޢަށް ބޭނުންވާ ފައިސާ ބޭރުގެ ފަރާތްތަކުން ވެސް ހޯދިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އެންމެ ބިޔަ އެއް މަޝްރޫޢަކީ ފުށިދިއްގަރު ފަޅު ތަރައްޤީކުރުމެވެ. މި މަޝްރޫޢުގެ ދަށުން ހިއްކޭ ސަރަހައްދު، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރަށްވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.