ދިވެހިންގެ އެހީގެ ޓްރަކްތައް-- ފޮޓޯ/އައިއޭސީ
ހަބަރު
27 Nov 2023 | 19:40
ދިވެހިންގެ އެހީގެ ޓްރަކުތައް ޣައްޒާއަށް ވަދެއްޖެ!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު ޢާއްމު ތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ދިވެހިންގެ ފަރާތުން ހަދިޔާކުރާ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ބަރާ ކޮށްފައިވާ ޓްރަކްތައް ޣައްޒާއަށް ވަދެއްޖެއެވެ. 

ދިވެހިންގެ އެހީގެ ތަކެތި ޣައްޒާއަށް ފޯރުކޮށްދެމުންދާ އައިއޭސީން ބުނީ، ޣައްޒާއަށް ވެއްދިފައިވާ ހުރިހާ ޓްރަކްތައް ފުރަތަމަ ގެންދެވުނީ އިސްރާއިލުން ވަޒަންވެރިވެގެންފައިޗާ ސަރަހައްދަށް ކަމަށެވެ. އަދި އެމީހުން އެތަކެތި ޗެކް ކުރުމަށްފަހު، އެހީގެ ތަކެތި އެހެން ޓްރަކް ތަކަކަށް ބަރާ ކޮށްފައިވާއިރު، މިހާރު އެތަކެތި ކަރީމް އަބޫ ސާލިޙް މަގުން ޣައްޒާއަށް ވެއްދިފައިވާ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. 

އައިއޭސީން އިތުރަށް ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންގެ އެހީގެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި އެކަމަކާއި ގުޅޭ މުއައްސަސާތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.  

ދިވެހިންގެ ފަރާތުން ޣައްޒާއަށް ފޯރުކޮށްދިނުމަށް ވެއްދުނު މި އެހީގެ ޓްރަކް ތަކުގައި ސިއްހީ އެކިއެކި ސާމާނު ތަކާއި، ބޭހާއި، ކާބޯތަކެތީގެ ބާވަތްތައް ހިމެނޭކަން އައިއޭސީން ފާހަގަކުރެއެވެ. 

މިތަކެތީގެ އިތުރުން، ގަތުލު ޢާއްމު މެދު ކަނޑާލެވުނު މި ދަނޑިވަޅުގައި ދިވެހިންގެ އެހީގައި ފަލަސްތީނުގެ ހޮސްޕިޓަލު ތަކަށް ތެޔޮ ވެސް ވަނީ ފޯރުކޮށްދީފައެވެ. އަދި ގަތުލު ޢާއްމު ހިނގަމުންދިޔައިރުވެސް، ހާލުގައި ޖެހިފައިވާ ޢާއިލާ ތަކަށް ކާބޯތަކެއްޗާއި، ފައިސާގެ އިތުރުން އެނޫންވެސް މުހިންމު އެހީގެ ތަކެތި އައިއޭސީން ފޯރުކޮށްދީފައިވެއެވެ. 

ފަލަސްޠީނުގެ މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ޖައްބާރު އިސްރާއީލުން ހިންގަމުންދާ ގަތުލު ޢާއްމު ހަތަރު ދުވަހަށް މެދުކަނޑާލަން ނިންމައި، މިދިޔަ ހުކުރު ދުވަހު ބޮން އެޅުން ހުއްޓާލާފައިވީ ނަމަވެސް، އަދިވެސް ހުޅަނގު އައްސޭރީގައި އިސްރާއީލުން އަންނަނީ މުސްލިމުން ޝަހީދު ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.