ހަބަރު
30 Nov 2023 | 15:40
"ކޭ-ޕްކް މަންޑޭގެ ޕެންޓްހައުސްގައި ހުރި ސެންޓާއި ގަހަނާގެ އަގު 7 މިލިއަން ރުފިޔާ އަށްވުރެ ގިނަ!"

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހިމެނޭ، ކ.މާލެ، މއ.އެރަލްސީ، ޙަސަން މަމްދޫޙު (މަންޑޭ)ގެ ޕެންޓްހައުސްގެ ތެރެއިން ފެނުނު ގަހަނާއާއި، އަތް ދަބަހާއި ސެންޓުގެ އަގު 7 މިލިއަނަށްވުރެ ގިނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރެލް (ޕީޖީ) އޮފީހުން ބުނެފިއެވެ. 

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކޮށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ. 

އަދި އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި މިވަގުތު ހުށަހަޅުއްވާފައިވަނީ ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުއާއި، ކ.މާލެ، މއ.އެރަލްސީ، ޙަސަން މަމްދޫޙުގެ މައްޗަށް ކަމަށްވެސް އެ އޮފީހުން ބުނެއެވެ. 

ތަޙުޤީޤުގައި ހޯދިފައިވާ ކަންކަން

މައްސަލާގައި މިހާތަނަށް ހޯދިފައިވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ، މަމްދޫޙް އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް އުފައްދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓްއެއް ހުޅުވާފައިވާ ކަމަށާ، އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް، އެކައުންޓުގެ ފުރިހަމަ ކޮންޓްރޯލް ޙަސަން މަމްދޫޙުއަށް އެކަނި އޮންނަ ގޮތަށް ހަމަޖައްސާފައިވާކަންވެސް ހާމަވެފައިވާ ކަމަށެވެ. 

ހަމަ އެހެންމެ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތަކެއް އޮޅުވާލާއިގެން ޢާއްމު ފަރާތްތަކަށް ވިއްކާ، ބައެއް މީހުންގެ އަތުން ނަގުދު ފައިސާއާއި، އަގު ބޮޑެތި މުދަލާއި އަދި އޮޅުވާލައިގެން ހުޅުވި އެކައުންޓަށް ގިނަ ޢަދަދެއްގެ މީހުންގެ ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސައި، އެގޮތުގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަންވެސް އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

މީގެ އިތުރުން، ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައިފައިވާކަން އެނގިފައިވާއިރު، އެއް އެޕާޓްމަންޓަކާ ގުޅިގެން ތަފާތު މީހުންނާ އެކު އެއް ފަހަރަށްވުރެ ގިނައިންވެސް އެއްބަސްވުމުގައި ސޮއިކޮށް، ފައިސާ ހޯދާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެގޮތުން ޖުމްލަ 41 އެޕާޓްމަންޓް ޖުމްލަ 107 މީހަކަށް ވިއްކާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

ހަމަ މިއާއެކު، ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި، ފޯޖުކޮށްގެން ހުޅުވި އެކައުންޓް ބޭނުންކޮށްގެން މަނީ ލޯންޑަރކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ. 

ބަލައި ފާސްކުރުން

މި މައްސަލައާ ގުޅިގެން 18 ނޮވެންބަރު 2023 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ޙަސަން މަމްދޫޙް ދިރިއުޅުނު އެފް.ޑަބް.ލިއު ރެސިޑެންސްގެ ޕެންޓްހައުސް ބަލައި ފާސްކޮށް އެތަނުގައި ހުރި އަގުބޮޑެތި މުދާތައް ހިފަހައްޓާފައެވެ.

އަދި 28 ނޮވެންބަރު 2023 ދުވަހު ޙަސަން މަމްދޫޙް ދިރިއުޅުނު ޕެންޓް ހައުސްއިން މީހުން ހުސްކޮށް އެތަންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

"އެ ޕެންޓްހައުސް ބަލައިފާސްކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ތެރެއިން ހަމައެކަނި އަތްދަބަހާއި، ސެންޓު ފުޅިތަކާއި، ބޫޓާއި ފައިވާން، އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު 07 (ހަތެއް) މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަމަށް ބެލެވެއެވެ." ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

މުދާ ހިފެހެއްޓުން

މި މައްސަލާގައި ތުހުމަތުކުރެވޭ ޙަސަން މަމްދޫޙު ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްއަކީ، ސައްޙަ ނޫން ލިޔުންތައް ހުށަހަޅައިގެން ސޮއި ފޯޖުކޮށް ބޭންކަށް އޮޅުވާލައިގެން ހުޅުވާފައިވާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް އެކި މީހުން އެޕާޓްމަންޓް ގަތުމަށް ޖަމާކުރި ފައިސާއިން ގަނެފައިވާ ތަނެއްކަން ފައިނޭންޝަލް އެސެސްމަންޓްތަކުން އެނގޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

އެގޮތުން މި ޕެންޓްހައުސް ގަނެފައިވަނީ 7،862،887.32 (ހަތް މިލިއަން އަށްލައްކަ، ފަސްދޮޅަސް ދެހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތިރީސް ދޭއް ލާރި) އަށް ކަމަށާ، އެ ތަނުގެ ރަޖިސްޓްރީ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާކަންވެސް ތަހްޤީޤަށް ހޯދިފައިވާ ކަމަށް ބުނެފައިވެއެވެ. 

ޕީޖީ އޮފީހުން ބުނު، މި ވަގުތު މިތަން ވަނީ ކޯޓު އަމުރެއްގެ ދަށުން 01 އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށާ، މިކަން ކޮށްފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ކަމަށެވެ. 

ދަޢުވާކުރުމުގެ މަސައްކަތް

ފުލުހުންގެ ތަޙްޤީޤުން މިހާތަނަށް ހޯދާފައިވާ ކަންކަމަށް ބަލައި، އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ބައިގައި ދަޢުވާކުރުމަށް މިހާރު ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.

މީގެ ތެރެއިން ބައެއް އެޕާޓްމަންޓް 06 މީހުން، އަދި 07 މީހުންނަށް ވިއްކާފައިވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ދެފަރާތުން އެއްބަސްވުން
އެލައިޑް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާއި، އިލްމީ ދިރާސާތައް ހިއްސާކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
08 Jul 2026
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޝިޕެއް ތުރުކީގައި ބަނދަރުކުރުން މަނާކޮށްފި
ޖުލައި މަހުގެ 5 އިން 15 އަށް ކުރިއަށްގެންދާ މި ދަތުރަކީ ގްރީސްގެ އެތެންސުން ފުރައިގެން ގްރީސްގެ ރަށްތަކަށާއި ޑަލްމޭޝިއަން ކޯސްޓަށް ދަތުރުކުރުމަށް ރޭވިފައި އޮތް ދަތުރެކެވެ. މި ދަތުރުގެ ތެރެއިން ތުރުކީގެ ކުޝަދާސީ ބަނދަރަށާއި އިސްތަންބޫލްގައި ދެ ދުވަހު މަޑުކުރުމަށް ފަހު، ދަތުރު ނިންމާލުމަށް ހަމަޖެހިފައި އޮތީ އިޓަލީގެ ޓްރިއެސްޓޭ އަށެވެ.
08 Jul 2026
ވޯލްޑް ކަޕަށް ބޮޑު ހޭދައެެއް؛ ކޮންމެ ޓީމަކަށް ލިބޭނީ ކިހާވަރެއް؟
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކުރުމަށް ފީފާއިން ނިންމާފައިވާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ މެދުގައި 871 މިލިއަން ޑޮލަރު ބަހާލެވޭނެއެވެ. އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޖުމްލަ އިނާމު ފައިސާގެ އަދަދަކީ 440 މިލިއަން ޑޮލަރެވެ.
08 Jul 2026
ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުން 2000އިން މަތީގައި
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝް، ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.
08 Jul 2026
ރައީސް ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައިފި
34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައި ޙައްޤު ބަސް ފެތުރުމަށާއި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔުމަށް ގޮވާލައްވައިފިއެވެ.
08 Jul 2026
ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ
2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި
އުރީދޫ އެޕްގެ އޮޓޯޕޭ ފީޗާގެ ދަށުން ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗާޖްކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ.