މަންޓާ އެއަރ ގެ ފްލައިޓެއް- ފޮޓޯ/މަންޓާ އެއަރ
ހަބަރު
30 Nov 2023 | 23:24
މަންޓާ އެއަރގެ ދަތުރުތައް އިންޑިޔާއަށް ފަށަނީ!

ރާއްޖޭގެ އަމިއްލަ އެއާލައިން، މަންޓާ އެއާއިންގެ ދަތުރުތައް އިތުރަށް ފުޅާކޮށް އެ އައެއަރލައިންސް ގެ ދަތުރުތައް އިންޑިއާގެ ބެންގަލޫރަށް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް މަންޓާ އެއަެލައިންސް އިން ބުނެފިއެވެ. 

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއު އެއްގައި މަންޓާ އެއަރލައިންސްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު މައުމޫން (މާނު) ވިދާޅުވީ، ބެންގަލޫރަސް މަންޓާ އެއަރލައިންސް އިން ފެށުމަށް ހަމަޖެހިފައިވާ އޮޕަރޭޝަން ފަށަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުކަމަށެވެ. 

މީގެ އިތުރުން މައުމޫން ވިދާޅުވެފައިވާ ގޮތުގައި ބެންގަލޫރަށް ދަތުރު ފެށުމުގެ އެއް ބޭނުމަކީ ކޮވިޑުގެ އާލަމީ ވަބާއަށް ފަހު ދަތުރުފަތުރަށް އައި ބަދަލުތަކާއެކު އިންޑިއާ ފަދަ ކައިރި މަންޒިލްތަކުން ރަނގަޅު ނަތީޖާއެއް ފެންނަން އޮތުމެވެ.

އެގޮތުން އެ މުއްދަތުގައި އެ ގައުމުން 240،000 ފަތުރުވެރިން ރާއްޖެ ޒިޔާރަރްކުރި ކަން ފާހަގަކޮށް މައުމޫން ފާހަގަކުރެއްވީ، އަންނަ އަހަރު ތެރޭގައި މަންޓާއިން އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިން އަށް ދަތުރު ފެށުމުގެ ޕްލޭން ތަކެއް ވެސް އޮތް ކަމެވެ. 

މީގެ އިތުރުން އެ އެއަރލައިންސްއިން އެކަށީގެންވާ ބޮޑު މަންތިންދާ ބޯޓެއް ގެނެސް ނިއުދިއްލީ އާއި މުންބާއީ އަށް ދަތުރުތަށް ފުޅާ ކުރުމުގެ ޕްލޭނެއް އޮތްކަން ވެސް މާނު ފާހަގަ ކުރެއްވިއެވެ.

މަންޓާ އެއާއިން އެ ކުންފުނީގެ އިންޓަނޭޝަނަލް ދަތުރުތަށް ފަށަން އުޅޭކަން މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.