ވޯލްޑް ޓްރެވަލްސް އެވޯޑްގައި ރާއްޖެއަށް ލިބުނު އެވޯޑަކާއި ހަވާލުވަނީ. ފޮޓޯ: ވޯލްޑް ޓްރެވަލްސް އެވޯޑް
ހަބަރު
02 Dec 2023 | 12:16
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ފާހަގަ ކުރެވޭ އެވޯޑްތަކެއް ރާއްޖެއަށް!

ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގައި ފާހަގަ ކުރެވޭ އެވޯޑްތަކެއް ރާއްޖެއަށް ލިބިއްޖެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ބާއްވާފައިވަނީ ދުބާއީގެ އަލް ބުރުޖް ޚަލީފާގައެެވެ.

މި ރަސްމިއްޔާތުގައި ދިވެހި ރާއްޖެއަށް، ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގައި ފާހަގަކުރެވޭ 10 އެވޯޑެއް ވަނީ ލިބިފައެވެ.

އެގޮތުން ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ޖެހިޖެިގެން ހަތަރުވަނަ ފަހަރަށް ރާއްޖެއިން މިވަނީ ހޯދައިފައެވެ. އަދި ވޯލްޑްސް ލީޑިން ޓުވަރިސްޓް ބޯޑުގެ އެވޯޑް ލިބިފައިވަނީ ދިވެހިރާއްޖޭގެ އެމްއެމްޕީއާރްސީ އަށެވެެ.

މީގެއިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްގައި މުޅިން އަަލަށް ދޭން ފެށި އެވޯޑް ރިސެލިއެންސް އެވޯޑް ހާސިލް ކުރި ފަސް ޤައުމުގެ ތެރޭގައިވެސް ރާއްޖެ ހިމެނެއެވެ. މިއާއިއެކު އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބް މުޙައްމަދަށް ވަނީ ސްޕެޝަލް އެޗީވްމެންޓް އެވޯޑް ލިބިފައެވެ.

ހަމަމިއާއި އެކު ދުނިޔެގެ ލީޑިން ސީޕްލޭން އެވޯޑް ރާއްޖޭގެ ޓީއެމްއޭ އަށް ވަނީ ލިބިފައެވެ. ރޭގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ޓުވަރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މައުސޫމަށް ވަނީ ޓްރެވަލް ޕާސަނަލިޓީ އޮފް ދަ އިޔަރ ގެ މަޤާމް ހާސިލް ކުރައްވައިފައެވެ.

މީގެއިތުރުން އިންޑިއަން އޯޝަންސް ލީޑިންގ ނިއު ރިސޯޓްގެ އެވޯޑް ހޯދައިފައިވަނީ ރާއްޖޭގެ އެމާލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ އެެވެ. އަދި ވޯލްޑް ލީޑިން އެއަރޕޯޓް ރިސޯޓް އެވޯޑް ހޯދައިފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލް އެވެ. މިއީ މި އެވޯޑް އެހޮޓަލުން ހޯދި 12 ވަނަ ފަހަރެވެ.

ވޯލްޑްސް ލީޑިންގ ހަނީމޫން ރިސޯޓް އެވޯޑް ހާސިލް ކޮށްފައިވަނީ ރާއްޖޭގެ ޖޭއޭ މަނަފަރު ރިސޯޓުންނެވެ. މިއީ މިއެވޯޑް އެރިސޯޓުން ޖެހިޖެހިގެން ހާސިލް ކުރި ފަސްވަނަ ފަހަރެވެ.

ވޯލްޑްސް ލީޑިންގ ލަގްޒަރީ ހަނީމޫން ރިސޯޓްގެ އެވޯޑް ހާސިލް ކޮށްފައިވަނީ ވައްކަރު މޯލްޑިވްސް ރިސޯޓެެވެ. މިއީ މިއެވޯޑް މިރިސޯޓުން ހާސިލް ކުރި ހަތަރުވަނަ ފަހަރެވެ.

ހަމަމިއާއިއެކު ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓްގެ އެވޯޑް ހާސިލް ކޮށްފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް އެވެ. ވޯލްޑްސް މޯސްޓް ރޮމޭންޓިކް އެވޯޑް ހާސިލް ކޮށްފައިވަނީ ބަރޮސް މޯލްޑިވްސް އެވެ. މި އެވޯޑް ބަރޮސް މޯލްޑިވްސް އިން މީގެ ކުރިން 8 ފަހަރަކު ވަނީ ހޯދައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.