ޢަބްދުﷲ އިބްރާހިމް--
ހަބަރު
02 Dec 2023 | 13:57
ޕީއެންސީގެ ސެނެޓުން އަބްދުﷲ އިބްރާހިމް ވަކިވެ، ޕީއެންއެފާއި ގުޅިވަޑައިގެންފި

ޕީޕަސްލް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) ގެ ސެނެޓްގެ މެމްބަރެއް ކަމުގައިވާ އަބްދުﷲ އިބްރާހިމް މަގާމުން އިސްތިއުފާދެއްވައި ޕާޓީން ވަކިވެ، ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އާއި ގުޅިވަޑައިގެންފިއެވެ.

ޕާޓީން ވަކިވިކަން އަންގައި އަބްދުﷲ އިބްރާހިމް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ޕީއެންސީގެ ސެނެޓުގައި ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި އިހްލާސްތެރިކަމާއި އެކު އޭނާ މަސައްކަތް ކުރަމުން ގެންދެވީ ދިވެހި ގައުމިއްޔަތާއި ރިވެތި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދެވި ޕާޓީއަކަށްވާތީ ކަމަށެވެ.

އަބްދުﷲ އިބްރާހިމް ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ފާޅުގައި ރައީސް ޔާމީންގެ އަތުން ޕާޓީ ފޭރިގަނެގެނެ އުޅޭ ތަން ކަމަށާއި ޖާހިލިއްޔަތާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަން އިސްކުރާ ފަރާތެއްގެ އަމިއްލަ އެދުންތަކެއް ހާސިލުކުރ ގައުމިއްޔަތުގެ ތަނބުތައް ފުނޑުފުނޑު ކޮށްލާ ތަން ކަަމަށެވެ. އަދި ގަސްދުގައި ޑިމޮކްރެޓިކް ހަމަތަކުގެ ބޭރުން ރައްޔިތުންގެ ވިންދާ ދެކޮޅަށް މީހަކު މަސައްކަތް ކުރާނޭހެން، ވަކި މީހެއްގެ ވަކިތަކުގެ ދަށަށް ޕާޓީ ގެނެސް ކަންކަން ކުރަމުން ގެންދާތަން  ފެނިގެންދާކަމަށްވެސް އަބްދުﷲ އިބްރާހިމް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވެއެވެ.

އިތުރަށް އެބޭފުޅާ ވިދާޅުވީ މި ހާލަތުގައި ޕީއެންސީގައި ހުރުމަކީ އިސްލާމީ ރިވެތި އުސޫލުތައް ނެގެހެއްޓުމާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ގައުމިއްޔަތުގެ ރުކުންތައް ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޔާމީންގެ ސިޔާސަތުގެ ތެރެއިން ވަކާލާތު ކުރަމުން އައި ރޫހާ ހިލާފު ކަމެއް ކަމެއްކަމަށް ވާތީ، މިއަދުން ފެށިގެން ޕީއެންސީގެ ސެނެޓުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައި ޕާޓީއިން ވަކިވާކަމަށެވެ.

އަބްދުﷲ އިބްރާހިމް ޕީއެންއެފްއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން ޕީއެންއެފް ގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ކޮމެންޓް
ލަކުޑިކަޅޭ
ތިޔަނިންމީވަރައްރަނގަޅުނިންމުމެއް ބުނެބަލަ މަ ވަކިވާންވީތަ
04 Dec 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ