އަރބަންކޯއިން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ/އާބަންކޯ
ހަބަރު
02 Dec 2023 | 15:18
ފަލަސްތީނަށް އެހީވުމަށް އަރބަންކޯއިން ހިނގި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް! މިއަދާ މިރޭވެސް ހަރާކާތްތަކެއް!

ހައްދުފަހަނަ އެޅި އިސްރާއީލުގެ ސިފައިން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އާބަންކޯގެ ފަރާތުން މީގެ ކުރިން ބޭއްވި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުމާއެކު މިރޭވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އަރބަންކޯގެ މުވައްޒަފުން އިސްނަގައިގެން ފަލަސްތީނަށް އެހީތެރިވުމަށް ބޭއްވުނު ފަންޑް ރެއިސިންގް އިވެންޓަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ، މިއަދުވެސް ޖަމްބަލް ސޭލް ކުރިއަށް ގެންދިއުމަށް  ހަމަޖެހިފައިވާކަމަށެވެ. 

އާބަންކޯގެ ފަރާތުން ރުއްގަނޑު 2 ސަރަހައްދުގައި ކުރިއަށް ގެންދާ ފަންޑް ރެއިޒިން ހަރަކާތަކީ، އެކުންފުނީގެ މުވައްޒަފުންގެ އިސްނެގުަމަށް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މި ހަރަކާތް އިއްޔެ ހަވީރު ފަށާފައިވާއިރު، ހަވީރު 4:00 ނާ 6:00 ށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭގަނޑު 8:00 ން 10:00ށް ވަނީ ކުރިއަށް ގެންގޮސްފައެވެ.


މި އިވެންޓްގައި ފަންޑރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާއިމެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުންވެސް ކުރިއަށް ދެއެވެ. އަދި މަޣްރިބް ނަމާދުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުޢާއެއްވެސް އިއްޔެ ވަނީ ކޮށްފައެވެ. މި އިވެންޓް ނިންމާލަމުން އައި އޭ ސީ އަށް އިވެންޓުން ލިބެމޭ ފައިސާގެ ޗެކް ހަވާލުކުރެވިގެންދާނެއެވެ.

އާބަންކޯއިން ބުނީ ކުންފުނީގެ އެދުމަކީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންންސް އެހީވުމަށްޓަކައި ވީހާ ވެސް ގިނަ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވުން ކަމަށެވެ.

މީގެ ކުރިންވެސް ފަލަސްތީނަށް އެހީވުމަށް އެހެން ޖަމީއްޔާ ޖަމަޢަތްތަކާއި މުޢައްސަސާތަކުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގައި އާބަންކޯއިން ވަނީ ބައިވެރިވެ، އަދި އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވެދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.