އެމްޓީސީސީގެ ކުރީގެ އެމްޑީ އަދި ސީއީއޯ އާދަމް އާޒިމް. ފޮޓޯ: އިންޓަރނެޓް
ހަބަރު
02 Dec 2023 | 15:31
އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވަނީ ޢާޒިމް!

ހުސްވެފައިވާ މާލޭގެ މޭޔަރު ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޓިކެޓްގައި އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވާދަކުރައްވަން ހަމަޖެހިއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރުމުގެ ފުރުސަތު ޢާޒިމަށް ލިބިވަޑައިގެންފައި މިވަނީ، މާލެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެހެން ބޭފުޅަކު ނަން ހުށައަޅުއްވައިފައި ނުވާތީއެވެ.

އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ބޭނުންވާ ބޭފުޅުން ނަން ހުށައެޅުމަށް ހުޅުވާލައިފައި އޮތީ ޑިސެމްބަރު 1 ގެ 16:00 އާއި ހަމައަށެވެ. ވަގުތު ޖެހުނު އިރު ނަން ހުށައަޅުއްވައިފައިވަނީ ޢާޒިމް އެކަންޏެވެ. ޢާޒިމް އެމަޤާމަށް ވާދަކުރެއްވުމަށް ފޯމް ހުށައެޅުއްވެވީ 30 ނޮވެމްބަރު ވީ ދުވަހުއެވެ.

މާލޭ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ކުރީގެ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފްވެސް ފާޅު ކުރެއްވެވިއެވެ.

އެމްޓީސީސީގެ ކުރީގެ އެމްޑީ ޢާޒިމް މިހާރު ވަނީ ސޯޝަލް މީޑީއާ ގަޔާއި އެހެނިހެން ގޮތްގޮތުންވެސް ކެމްޕޭނު ފައްޓަވައިފައެވެ. އެގޮތުން މާލެގެ މަގުތަަކަށް ނުކުންނަވައި މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުންވެސް އެބަގެންދަވައެވެ.

ޢާޒިމްގެ އިތުުރުން ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު ޢާޒިމާ ޝުކޫރުވެސް ވާދަކުރެއްވުމަށް ދަނީ ކެމްޕޭނު ކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް ޢަބްދުﷲ ޔާމިން އަަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް އިން މާލެގެ މޭޔަރު ކަމަށް ވަދަކުރައްވަން ހަމަޖެހިފައިވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަޙީދެވެ.

މާލޭ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 13ވަނަ ދުވަހުއެވެ. މި ބައި އިލެކްޝަނާއި އެކު މާލެ ސިޓީ ކައުންސިލްގެ މެންބަރު (މާފަންނު މެދު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މެދުހެންވޭރު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ދެކުނު ދާއިރާ / އަންނެހުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) އަދި ވ. ރަކީދޫ ކައުންސިލް މެންބަރު (އަންނެހުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) އަށް މެންބަރުން ހޮވުމަށެވެ.

މި ފަސް ދާއިރާއިން ކައުންސިލް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މި ހިނގާ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުގެ 14:00 ނިޔަލަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.