ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން. ފޮޓޯ: ޓްވިޓާ
ދުނިޔެ
02 Dec 2023 | 16:29
ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ ޤަތުލްޢާންމު ދުވަހަކުވެސް ހަނދާން ނައްތާނުލެވޭނެ: އުރްދުޣާން

ފަލަސްޠީނުގެ ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ ޤަތުލްޢާންމު ހަނދާން ނައްތައިނުލެވޭނެ ކަމަށާއި، އެކަން ހަނދާން ނައްތާލިޔަ ނުދޭނެ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

އުރްދުޣާން މިހެން ވިދާޅުވީ، ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިތަމަށްފަހު އެނބުރި ޤައުމަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވަވާ ދެއްކެވި ވާހަކަފުޅުގައެވެ.

އުރްދުޣާންގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އިޒްރާއިލުން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާންމު ހަނދާން ނައްތައިނުލެވޭނެ ކަމަށާއި، އަދި އެހެން މީހުންވެސް އެކަން ހަނދާން ނައްތާލިޔަ ނުދެއްވާނެކަމަށެވެ. މީގެ އިތުރުން އިޒްރާއިލުން އެމީހުންގެ ޢަމަލުތަކާއި މެދު ޖަވާބުދާރީ ވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުރްދުޣާން ވިދާޅުވީ، ޤާނުނުތަކާއި ޚިލާފަށް އިޒްރާއިލުން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް އަލުން ފަށައިގެން ކުރިއަށް ގެންދިޔުމަކީ، އިޒްރާއިލަކީ ނިރުބަވެރި ބައެއް ކަމަށް ތުރުކީވިލާތުން ކުރި ތުހުމަތަށް ބާރު ލިބިދޭ ކަމެއް ކަމަަށެވެ.

“ސުލްޙަޔަށް ދޮރެއް ހުޅުވިދާނެ ކަމުގެ އުއްމީދު ކުރެވުނު، އެހެންނަމަވެސް އިޒްރާއިލްގެ ޢަމަލު ތަކުގެ ސަބަބުން މިހާރު އެ އުންމީދު ވެސް ގެއްލިއްޖެ” އުރްދުޣާން ވިދާޅުވެފައިވެއެވެ.

ދެފަރާތުގެ ހަމަލާތައް 7 ދުވަހަށް ހުއްޓައިލުމަށްފަހު މިހާރުވަނީ ހަމަލާތައް އަލުން ފަށައިފައެވެ. އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.