ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް-- ފޮޓޯ: ވޮއިސް
ހަބަރު
02 Dec 2023 | 21:27
ރައީސް ޔާމިނުގެ ފޮޓޯ ޖަހައިގެން މަޖިލީސް އިންތިޚާބުގެ ކެމްޕޭނު ނުކުރަން އެދިއްޖެ

ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ގެ ފޮޓޯފުޅު ޖަހައިގެން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ނުކުރުމަށް އެމަނިކުފާނު އަލަށް އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ސިޔާސީ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެދިއްޖެ އެވެ.

އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީސް އިންތިޚާބުގެ ކެމްޕޭނަށް މިހާތަނަށް ރައީސް ޔާމީން އެއްވެސް ބޭފުޅަކު އެންޑޯސްކުރައްވާފައި ނުވާކަމަށެވެ.

އެހެން ނަމަވެސް އެކިއެކި ބޭފުޅުން ރައީސް ޔާމީންގެ ފޮޓޯފުޅު ޖައްސަވައިގެން ކެމްޕޭނު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެގޮތަށް އެކަން ކުރުމަކީ ޕީއެންއެފް ރުހޭ ކަމެއް ނޫން ކަމަށް މަލީހު ވިދާޅުވި އެވެ. 

"ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ޔާމީންގެ އެންޑޯސްމަންޓް ދެއްވާފައި ނުވާނެ."

މަލީހް ވިދާޅުވި އެވެ.

މިފަދައިން ވިދާޅުވެ މަލީހު ކުރެއްވި ޓްވީޓުގައި ވަނީ، ވިލިމާލެ ދާއިރާއަށް ކުރިމަތިއްލައްވާފައިވާ އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ފޮޓޮއެއް ހިއްސާކުރައްވާފައެވެ.

އޭގެ އިތުރުން ޕީޕީއެމް، ޕީއެންސީގެ ވިލިނގިލީ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް މުޙައްމަދު ޔަޒްމީދުގެ ކެމްޕެއިން ޕޯސްޓަރެއް ވެސް ހިއްސާކުރެއްވިއިރު، އޭގައި ކުރީގެ ރައީސް ޔާމީން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފޮޓޯ ފުޅެއްވެސް ޖަހާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނެވި ނަމަވެސް ޕާޓީ ހިންގެވުމަށް އެމަނިކުފާނަށް އެކިވަރުގެ ފިއްތުންތައް ކުރިމަތިވަމުންދާ ކަމަށާއި، ޕާޓީގެ ލީޑަޝިޕްގެ އެއްބާރުލުން ލިބިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ޕީޕީއެމުން އިސްތިއުފާ ދެއްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވާއިރު، ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި އެމަނިކުފާނުގެ އާ ސިޔާސީ ޕާޓީ ޕީއެންއެފުން ދާއިރާތަކަށް ވާދަކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.