ޔޫރޯ ގުރުއަތު ލުން--
ކުޅިވަރު
03 Dec 2023 | 01:34
ޔޫރޯ24 ގުރުލުން: އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ސްޕެއިން އެއް ގުރޫޕެއްގައި

އަންނަ އަހަރުގެ ޖޫން މަހު ޖަރުމަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ24 ގެ ގުރުލުން ހޮނިހިރު ދުވަހުގެ ރޭ ބާއްވައިފިއެވެ.

ޖަރުމަނުގައި ޖޫން 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ސްކޮޓްލޭންޑާއި ޖަރުމަނެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ޖަރުމަނުގެ ހަމްބާގްގައި މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި އެކު ގްރޫޕް އޭގައި ހިމެނުނީ ހަންގޭރީ، ސްކޮޓްލޭންޑް އަދި ސުވިޒަލޭންޑް އެވެ. ޖަރުމަނާއެކު މުބާރާތް ހުޅުވައިދޭނެ ގައުމަކަށް ހަމަޖެހުނީ ސްކޮޓްލޭންޑެވެ.

ގްރޫޕް ބީގައި ހިމެނުނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕޭން އާއި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި އަލްބޭނިއާގެ އިތުރުން ކްރޮއޭޝިޔާ އެވެ. މީގެ ތެރެއިން އިޓަލީ އާއި ސްޕޭނަކީ 2012 ވަނަ އަހަރުގެ ފައިނަލް ކުޅުނު ދެ ޓީމެވެ. އެ ފަހަރު ސްޕޭން ތަށި ދިފާއު ކުރީ 4-0 ގެ ނަތީޖާއަކުން އިޓަލީ ބަލިކުރުމަށްފަހު އެވެ.

ގްރޫޕް ސީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް އިންގްލޭންޑް އާއި ޑެންމާކްގެ އިތުރުން ސްލޮވީނިއާ އާއި ސާބިއާ އެވެ.

ގްރޫޕް ޑީގައި ހިމެނެނީ 2000 ވަނަ އަހަރުގެ ޔޫރޯ ޗެންޕިއަން ފްރާންސް އާއި އޮސްޓްރިއާ އަދި ނެދަލޭންޑްސް އެވެ. އަދި މިގުރޫޕްގެ ފަހުޖާގަ ލިބޭނީ ޕޮލެންޑް، ވޭލްސް، ފިންލެންޑް އަދި އެސްޓޯނިއާގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކުން ކުރި ހޯދާ ޓީމަކަށެވެ.

ގްރޫޕް އީގައި ހިމެނެނީ ބެލްޖިއަމް އާއި ރޫމޭނިއާ އަދި ސްލޮވާކިޔާ އެވެ. އަދި މިގްރޫޕުގެ ފަހު ޖާގަ ލިބޭނީ އިޒްރޭލް، ބޮސްނިއާ، ޔުކްރޭން އަދި އައިސްލޭންޑްގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކުން ކުރި ހޯދާ ޓީމަކަށެވެ.

ގްރޫޕް އެފްގައި ހިމެނެނީ 2016 ވަނަ އަހަރުގެ ޗެމްޕިއަން ޕޯޗުގަލް އާއި ތުރުކީ އާއި ޗެކްރިޕަބްލިކެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ޖޯޖިއާ، 2004ގެ ޗެމްޕިއަން ގްރީސް، ކަޒަކްސްތާން، ލަގްޒެމްބާގްގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކުން ކުރި ހޯދާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.