މިނިސްޓަރ މޫސާ ޒަމީރު އޭއައިއައިބީގެ ރައީސް އާއި ބައްދަލިުކުރައްވަނީ. ފޮޓޯ: ޓްވިޓަރ
ހަބަރު
03 Dec 2023 | 10:54
ރާއްޖޭގެ ތަރައްޤީއަށް އޭއައިއައިބީގެ މާލީ އެހީ ހޯދުމަށް މަޝްވަރާކޮށްފި!

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) މާލީ އެހީ ހޯދުމަށް މަޝްވަރާކޮށްފިއެެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ދިވެހި ރާއްޖޭގެ ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު އާއި އޭއައިއައިބީގެ ރައީސް ޖިން ލީޗުއިން އާއި ދެމެދުއެެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން މިނިސްޓަރ ޒަމީރު ކުރެއްވެވި ޓްވީޓުގައި ވިދާޅުވެފައިނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުރިއަށް ރާއްވަވައިފައިވާ އުންމީދީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމާއި މެދު އެދޭބުޅުންގެ މެދުގައި މަޝްވަރާ ކުރެވިފައިވާނެ ކަމަށެވެ.

ޚާއްސަގޮތެއްގައި އައްޑު އާއި ގދ. ތިނަދޫ އާއި ރީޖަނަލް އެއާޕޯޓްސް އާއި އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރުވަނީ ވިދާޅުވެފައެެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވަން ކުރާ މަސައްކަތްތަކާއި ޓޫރިޒަމް ދާއިރާ ކުރިއަރުވައި އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރި އެވެ.

މިނިސްޓަރ ޒަމީރް އޭއައިއައިބީގެ ރައީސް އާއި ބައްދަލުކުރެއްވީ ކޮޕް28 ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ.

އޭއައިއައިބީ އަކީ 2014 ވަނަ އަހަރު ޗައިނާގެ އިސްނެގުމުގެ ދަށުން އުފައްދައިފައިވާ ބޭންކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.