އދ. ދިގުރަށު މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ/އައިލްސް
ހަބަރު
03 Dec 2023 | 14:56
ދިގުރަށުން ބުނަނީ ކޮތަޅަށް ލާފައި އޮއްވާ ފެނުނީ ބިދޭސީއެއްގެ ދަރިއެއް ކަމަށް!

އދ. ދިގުރަށުން ކޮތަޅަކަށްލައި އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ދިވެއްސެއްގެ ދަރިއެއް ނޫން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކުނިގޮނޑުން ފެނިފައިވާކަމަށް ފުލުހުން މިއަދު ހެނދުނު ވަނީ ހާމަކޮށްފައެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. 

އެކަމާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމަ ކޮށްފައި ނުވާއިރު، ދިގުރަށުން "ވޮއިސް" އަށް މަޢުލޫމާތު ދިން މީހަކު ބުނީ، އެ ފެނުނު ކުއްޖާ އަކީ ވޯކް ޕާމިޓް ވިސާގައި އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ އަންހެނެއްގެ ދަރިއެއް ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަން ކަށަވަރު ނުވާ ކަމަށާ، އެއީ އެރަށު މީހެއްގެ ދަރިއެއް ނޫން ކަން ޔަގީންވާ ކަމަށް އޭނާ ބުންޏެވެ. 

މި މައްސަލައިގައި މައުލޫމާތު ދިން އިތުރު ފަރާތެއްވެސް ވަނީ އެ ކުއްޖާ އަކީ އެ ރަށު މީހެއްގެ ދަރިއެއް ނޫން ކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައެވެ.

އޭނާ މައުލޫމާތު ދީފައިވާ ގޮތުގައި، އަދި ކުއްޖާ ފެނިފައިވަނީ ކުނި ގޮނޑަށް ގެން ކުނީގެ ތެރޭގައި ހުންނަ ދަޅާއި ޕްލާސްޓިކު އަދި އެހެނިހެން ތަކެތި ކޮތަޅުތަކުން ނަގައި ވަކިކުރަމުން ދަނިކޮށް ގެސްޓު ހައުސްތަކުން ގެނެވުނު ކުނި އަޅާފައި ހުރި ބޮޑު ކަޅު ކޮތަޅެއްގެ ތެރެއިންނެވެ.

އަދި ފެނުނު އިރު ކުއްޖާގެ ފޫޅުވެސް އޮތީ ނުކަނޑައި ކަމަށާ،  އެއީ ފިރިހެން ކުއްޖެއް ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ކުއްޖާ ފެނުނު މީހުންނާއި ހަވާލާދެމުން އެއީ ދުވަސް ފުރާ ވިހާފައިވާ ކުއްޖެއްކަންވެސް އޭނާ ފާހަގަ ކުރެއެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ ތަހުގީގު ކުރިއަށްދާއިރު، ފުލުހުން ވަކި އެއްޗެއް ހާމަ ނުކުރަނިސް ދިގުރަށު ކައުންސިލް މައްސަލައިގެ ތަފްސީލް ހާމަ ނުކުރަން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.