ދިވެހި ރާއްޖެގެ ކްރިމިނަލް ކޯޓް. ފޮޓޯ: ވޮއިސް
ހަބަރު
04 Dec 2023 | 14:16
އެޕާޓްމެންޓް ކުއްޔަށްދޭން އަސްލުނޫން އެއްބަސްވުމެއް ހެދި މީހާއަށް ދެވަނަ ޙުކުމެއް

އެޕާޓްމެންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އަސްލުނޫން އެއްބަސްވުމެއް ހެދި މީހާއަށް ދެވަނަ ޙުކުމެއް އިއްވައިފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މި ހުކުމް އިއްވީ ޅ. ހިންނަވަރު އަންބަރީގޭ އިބްރާހިމް ނަޒީދުގެ މައްޗަށެވެ. އެނާގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ނުވަ މަހުގެ ޖަލު އަދަބާ އެކު ބަދަލުގެ ގޮތުގައި ހަތް ލައްކަ ރުފިޔާ ނަގައިދިނުމަށެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ޝަރީޢަތުގެ މަޖިލީހުގައި އިއްވި ޙުކުމް ގައިވަނީ, ނަޒީދު, އެހެން މީހެއްގެ ގެއެއްގެ ދެ ފަންގިފިލާ އަކީ އޭނާއަށް ދިގު މުއްދަތަކަށް އެގޭގެ ވެރިފަރާތުން ކުއްޔަށް ދީފައިވާ ދެ ފަންގިފިލާއެއްކަން ދެއްކުމަށް ސައްހަ ނޫން އެއްބަސްވުމެއް ހަދައިފައިވާ ކަމަށެވެ. 

އަދި އެ އެއްބަސްވުން ދައްކައިގެން އެހެން ދެ މީހަކަށް އެ ދެ ތަން ވަނީ ކުއްޔަށް ދޫކޮށްފައި ކަމަށްވެސް އެ ޙުކުމްގައި ބުނެފައިވެއެވެ.

ނަޒީދުގެ އަތުން އެތަން ކުއްޔަށް ނެގި އެކަކު ވަނީ އެޕާޓްމެންޓުގެ އަށްއަހަރު ދުވަހަށް ކުއްޔަށް ނެގުމަށް އިބްރާހިމް ނަޒީދު އަށް 624،000ރ. ދީފަ އެވެ. ދެވަނަ މީހާ ވަނީ އެއް އަހަރުގެ މުއްދަތަށް އެޕާޓްމެންޓް ކުއްޔަށް ނަގަން 150،000ރ. ނަޒީދު އަށް ދީފަ އެވެ.

މި މައްސަލާގައި ދައުލަތުން އުފުލީ ޓެކުމުގެ ދަޢުވާ އެވެ. އެ ދަޢުވާ އަށް ނަޒީދު ވަނީ އިޢްތިރާފުވެފައެވެ.

އަދި، ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމަކަށް އެއްބަސްވެ، ދައުލަތާ އެކު އިޢްތިރާފު އެއްބަސްވުމެއްގައި ވެސް އޭނާ ވަނީ ސޮއިކޮށްފަ އެވެ. 

ނަޒީދުގެ އޮޅުވާލުމުގެ ސަބަބުން އެޕާޓްމެންޓް ކުއްޔަށް ނެގި ދެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދީ، އެއީ ނަޒީދުގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ބަދަލުގެ ގޮތުގައި އެކަކަށް ނަގައިދީފައި ވަނީ 624،000ރ. އެވެ. އަދި ދެވަނަ މީހާ އަށް ނަގައިދީފައި ވަނީ 87،500ރ. އެވެ.

ނަޒީދުގެ މައްޗަށް މީގެކުރިން ވެސް ކްރިމިނަލް ކޯޓުން މިފަދަ މައްސަލަައެއްގައި ޙުކުމްކޮށްފައިވެ އެވެ. އެފަހަރުވެސް ޖަލު ޙުކުމަކާއި އެކު ގެއްލުމަށް ބަދަލު ދިނުމަށް އޭނާގެ މައްޗަށް ވަނީ ޙުކުމެއް އިއްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.