ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު އަޙުމަދު-- ފޮޓޯ/ވޮއިސް
ހަބަރު
04 Dec 2023 | 15:00
ހާލަތަށް ބަލައި ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް ހަދަނީ!

ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް ބާތިލް ނުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅޭ ގޮތުން ޕެޓިޝަން ކޮމެޓީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، އެ 4000 ފުލެޓް ދޫކުރި ގޮތާއި ގުޅޭގޮތުން 7000 ޝަކުވާއެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ފުލެޓް ދޫކުރަން ހުއްޓާލަން އޭސީސީން ކުރީގެ ހައުސިން މިނިސްޓްރީ އަށް އެންގުމާއިއެކު، ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އެ މިނިސްޓްރީން ފުލެޓު ދިނުން ހުއްޓާލިކަން ހައިދަރު ފާހަގަކުރެއްވި އެވެ. 

އަދި ފުލެޓް ދޫކުރުން މަޑު ޖައްސާލާފައިވަނީ އޭސީސީގެ އެންގުމަށް ކަމަށާޒ އޭސީސީން ބަލާ މައްސަލަތައް ބެލުމަށްފަހު، އަންގާ އެންގުމާއި ގުޅިގެން ހުރި މައްސަލަތައް ބައްލަވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ. އެފަދައިން މައްސަލަ ބެއްލެވި ނަމަވެސް، ކުރިން އޮތް ލިސްޓް ބާތިލްކޮށް އައު ލިސްޓެއް އެކުލަވާލުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ގެ ވާހަކަފުޅާއި ގުޅިގެން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވަނީ، ކޮންމެ ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫއު ތަކުގައި ގެންގުޅޭ ސިޔާސަތު ތަކުގެ ދަށުން ރައްޔިތުންނަށް ބޮޑު ތަކުލީފުތަކެއް ކުރިމަތިވާކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތު އޮތް ގޮތާއި މެދު ސުވާލު ކުރައްވާފައެވެ. 

މެންބަރު ހަސަންގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ، މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައި ވަނީ ރައްޔިތުންނަށް ދިރިއުޅެވޭނެ ފަހި މާހައުލެއް ގާއިމްކޮށް، ބޯހިޔާވަހިކުރުމުގެ މައްޗަށް ކަމަށެވެ. 

އެގޮތުން ސަރުކާރުގެ ވިސްނުން މިހާރު ހުރީ، ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެސްގެން ވިޔަސް، ގެދޮރުވެރިކަމަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ބަދަކުގައި މީހުންގެ ހާލަތަށް ބަލައިގެން ގެދޮރަށް ބޭނުން ޖެހިފައިވާ މީހުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނެއް ހަދައިގެން ނަމަވެސް، ކޮންމެ ފަހަރަކު ލިސްޓަކަށް ހޮވޭ ބަޔަކަށް ދިނުމުގެ ބަދަލުގައި މުޅި ސިސްޓަމް ތެރެއިން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންވަނީ ކޮންބައެއްކަން ދެނެގަނެ، އެމީހުންނަށް ފުލެޓް ލިބޭ ގޮތަށް ހަމަޖެއްސުން. އޭރުން ނުޖެހޭނެ ކޮންމެ ފަހަރަކު މަޝްރޫއު އެއް ހަދާ ނިންމާފައި، ޕޯޓަލްގެ ތެރެއިން އެޕްލައި ކުރާކަށް. އެހެންވީމާ، އަޅުގަނޑުމެން ގެންގުޅޭނަން ގެދޮރު ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް. އެހެންވީމަ އެ ލިސްޓު އަޕްޑޭޓް ކުރަމުން ދާނީ އެ ބައެއްގެ ހާލަތު ބަދަލުވާ ގޮތުން،"

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު އަޙުމަދު

މިނިސްޓަރު ވިދާޅުވީ، ވެއިޓިން ލިސްޓް ހެދުމާއި ގުޅޭ ތަފްސީލް، އެކަން ކުރިއަށްދާ މިންވަރަކުން ހާމަކުރައްވަމުންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.