ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ އަޙްމަދު ހައިދަރު ޢަލީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި-- ފޮޓޯ/މަޖިލިސް
ހަބަރު
04 Dec 2023 | 15:55
ފުލެޓް ލިބޭ މީހުންގެ ލިސްޓް އެއްކޮށް ބަދަލު ކުރަން ނުނިންމަން: ޑރ. ހައިދަރު

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް އެއްކޮށް ބަދަލު ކުރަން މި ސަރުކާރުން ނިންމާފައި ނުވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ އަޙްމަދު ހައިދަރު ޢަލީ ވިދާޅުވެއްޖެއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ގެޒެޓް ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި އަދި ކަމުގެ މަސްލަޙަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓްތައް ބާތިލް ނުކުރުމަށްއެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅިގެން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ބޭފުޅުންނާއެކު މިއަދު ޕެޓިޝަން ކޮމިޓީގެ މެންބަރުން ބޭއްވި ބައްދަލުކުރުމުގައި އެ ކޮމިޓީގެ މެންބަރުން ވަނީ، ފުލެޓް ލިސްޓް ރީއިވަލުއޭޓް ކުރާއިރު، ކުރިންގެ ލިސްޓް އެއްކޮށް އުވާލައި އައު ލިސްޓެއް އެކުލަވާލާނެތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. 

އަދި އޭސީސީން ކުރަމުންދާ ތަހުގީގު ނިމުމާއިއެކު ފުލެޓް ދިނުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު، އެ އިޝާރާތް ކުރައްވަނީ އެ ލިސްޓް އަލުން އެކުލަވާލައި އެއްކޮށް ބަދަލުކުރުމަށްތޯވެސް މެންބަރުން ސުވާލު ކުރެއްވި އެވެ. 

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން އެ ލިސްޓަށް ބަދަލު ގެންނަން ބޭނުން ނުވާ ކަމަށެވެ. 

އަލުން ފެށުމޭ އަޅުގަނޑު ދަންނަވާފައި ވާނީ، ހުއްޓިފައި އޮތް މަސައްކަތް އަލުން ފެށުން. ލިސްޓް އެއްކޮށް އުވާލާފައި އަލުން ފެށުމަކަށް ނޫން... އަޅުގަނޑުމެން އެ ލިސްޓަށް އެއްކޮށް ބަދަލު ގެންނަން ބޭނުންވަނީއެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ، އޭސީސީން ދެއްވާ ލަފައެއްގެ މަތިން އަޅުގަނޑުމެން އެ ލިސްޓް ރީ އިވެލުއޭޓް ކުރަންޖެހެންޏާ އެކަން ކުރުން. އޭގެ މާނަ އަކީ އެ ލިސްޓްގައި މައްސަލައެއް އޮތްތޯ ބަލައި އެކަން ފާހަގަކުރުން އެނގޭތޯ. އަލުން ފެށުމެއް ނޫން. 

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ އަޙްމަދު ހައިދަރު ޢަލީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓް ދޫކުރުމުގެ މަސައްކަތް އޭސީސީން ހުއްޓުވާފައި ވުމުން، އެކަމާއި ގުޅިގެން އެ މުވައްސަސާގެ އިސްވެރިން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ނާއިބު ރައީސް ވަނީ، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފުލެޓަށް އެދުނު ފަރާތްތަކަށް ލިބޭ މާކްސް، އެ ޕޯޓަލް އިން "އޮޓޯ އިން ޖެނެރޭޓްކުރާ" ނަމަވެސް، އެއަށްފަހު، އެ މާކްސް ބަދަލުކޮށް ޝަރުތު ހަމަ ނުވާ މީހުން ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާފައިވާ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައެވެ. 

"މި ޕޯޓަލް އަކީ ހުށަހަޅާ މައުލޫމާތާ އެއްކޮށް އޮޓޯއިން އެބަ ޖެނެރޭޓްވޭ މާކްސްތައް. އެހެން ނަމަވެސް، އެ މާކްސްތައް އޮޓޯއިން ޖެނެރޭޓް ވެފައި ހުންނައިރު، އެ މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތައް، ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުންނަ ކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. މިސާލަކަށް ލިޔެކިޔުން ތަކުން ޝަރުތު ހަމަ ނުވޭ. އެހެންވީމާ ސިސްޓަމުން އެބަ ޖެނެރޭޓްވޭ ޝަރުތު ހަމަ ނުވާ ކަމަށް. އެހެންވެއްޖެއްޔާ، އެ އެޕްރޫވަލް ލެވެލް އިން ޝަރުތުހަމަވާ ކަމަށް ބަދަލު ކޮށްފައިވާ ކަމަަށް އަޅުގަނޑުމެންނަށް ފާހަގަ ވަނީ."

އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް

އެހެންކަމުން، އެ މައްސަލަތައް އޭސީސީން ބަލަމުން އަންނަ ކަމަށާ، ބަލަންޖެހޭ ކަންކަން ބަލައި ނިމުމުން ފުލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ގެދޮރުވެރިކަމާއި ބެހޭ މިނިސްޓްރީއަށް ދެއްވާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ. 

ކޮމެންޓް
ތޫރަ
އޭސީސީގެ މެންބަރުން ނައް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖުލިސް މެމްބަރުންނަށް ގޮވާލަން.
04 Dec 2023
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.