ހައިކޯޓު--
ހަބަރު
04 Dec 2023 | 19:20
ފެނަކައިގެ ދަރަނި ހާމަކުރަން އެންގީ ރަނގަޅަށްކަމަށް ހައިކޯޓުން ނިންމައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަނުގެ ދަރަނީގެ ތަފްސީލުތައް ހާމަކުރުމަށް އަންގާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފި އެވެ. 

ފެނަކަ ކޯޕަރޭޝަނުން އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާގެ ތަފްސީލުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ފާއިތުވި އޮކްޓޫބަރު މަހު އެ ކުންފުންޏަށް އަންގާފަ އެވެ. 

އެހެން ނަމަވެސް އިންފޮމެޝަން ކޮމިޝަނުގެ އޮފީހުން އެންގި އެންގުން އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މި މައްސަލައިގައި ހައިކޯޓުން ވަނީ އެ ތަފްސީލުތައް ހާމަކުރަން ނިންމި ނިންމުމަށް ތާއީދުކޮށްފަ އެވެ. 

ހައިކޯޓުން ބުނީ ފެނަކައިން ފައިސާ ދައްކާންޖެހޭ ކުންފުނިތަކުގެ ނަމާއި އެހެނިހެން މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަ ނުކުރެވޭނެ މައުލޫމާތެއްކަމަށް ފެނަކައިން ބުނި ނަމަވެސް، އެ މައުލޫމާތު ހާމަކުރުމުން ތިންވަނަ ފަރާތުގެ ވިޔަފާރިއަށް ގެއްލުންވާނެކަމަށް ބެލެވެން ނެތް ކަމަށެވެ. 

އޭގެ އިތުރުން އެމައުލޫމާތު ހާމަކުރުމަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލާއި ޚިލާފްކަމެއްކަން ފެނަކަ އަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ވެއެވެ. 

އެއާއެކު އެ މައްސަލަ ބެލި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ފެނަކައިން ފައިސާ ދޭންޖެހޭ ފަރާތްތަކުން މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ބަދަލު ގެންނާންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް