ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް. ފޮޓޯ: ވޮއިސް
ހަބަރު
05 Dec 2023 | 11:10
އިއްޔެ އެކަނިވެސް، ރަސްމީ ގަޑީގައި 975 ކުށުގެ ރެކޯޑު ސާފުކޮށްދެވިފައިވޭ: ޕީޖީ އޮފީސް

އިއްޔެ އެކަނިވެސް، ރަސްމީ ގަޑީގައި 975 މީހެއްގެ ކުށުގެ ރިކޯޑް ސާފުކޮށްދެވިފައިވާ ކަމަށް ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ކުށުގެ ރިކޯޑް ސާފު ކުރުމަށް އެއްފަހަރާ ގިނަ ރިކުއެސްޓް ތަކެއް އައިސްފައިމިވަނީ ސަރުކާރު ޚިއްސާވާ ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރިކޯޑް ހުށައެޅުމާއި ގުޅިގެނެވެ.

“މިފަހަރު މިކުރެވުނު ތަޖުރިބާގެ އަލީގައި، ކުރިއަށް އޮތްތަނުގައި، ގަނޑުކޮށް ކުށުގެ ރެކޯޑު ސާފުކުރަން އަންނަ ބައިބައި، ވަކި ކިއުއަކުން ދާގޮތަށް ހަމަޖައްސައި، ޢާންމު ނިޒާމުގެ ތެރެއިން އަންނަ ފޯމުތަކަށް، އާދައިގެ މަތިން ދުވަހުން ދުވަހަށް ޖަވާބުދެވޭނެ ނިޒާމަކަށް، ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން” ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ މި ނިޒާމާއި އެކު، ވަކި ކުންފުންޏަކުން ކުރާ ކަމަކުން، ޢާންމު ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫލެއް ނާރާ ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން، ކުށުގެ ރެކޯޑެއް ނެތް މީހުންނަށް، އެމީހުން ކުށުގެ ރެކޯޑަށް އެދޭ ވަގުތު، އޮޓޮމެޓިކުން ރެކޯޑު ނެތްކަމުގެ ލިޔުމެއް، ޕީޖީ އޮފީހުގެ ލެޓަރ ހެޑުގައި ފޮނުވޭނެ ޓެކްނޮލޮޖީ މިއޮފީހުން ދިޔައީ ޓެސްޓުކުރަމުން ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިހަފްތާގައި ސަރުކާރު ޚިއްސާވާ ކުފުންޏަކަށް ކުށުގެ ރެކޯޑު ސާފުކޮށްދޭން ޖެހުމުން، އެއޮފީހުން ޓެސްޓުކުރަމުން އައި ޓެކްނޮލޮޖީއެއް ފައްކާކޮށްގެން ބޭނުންކުރަންވެސް ފަށައިފި ކަމަސްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

މިޓެކްނޮލޮޖީއާއެކު، ކުށުގެ ރެކޯޑެއް ނެތްމީހުންނަމަ، މިނިޓަކު 30 ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޤާބިލުކަން މިހާރު އެނިޒާމުގައި ހުންނާނެ ކަމަށް ވެސް ޕޖީީ އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.