އެމްޑީ ފަޒުލް ވިނަރެސް ފުލެޓްތަކުގެ މަސައްކަތް ބައްލަވާލަނީ-- ފޮޓޯ/އާބަންކޯ
ހަބަރު
06 Dec 2023 | 14:31
ވިނަރެސް ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތް އަވަސް ކުރެވޭނެ ގޮތާމެދު މަޝްވަރާ ކޮށްފި!

ވިނަރެސް ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް އަވަސް ކުރެވޭނެ ގޮތަކާއި މެދު އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަޝްވަރާކުރައްވައިފިއެވެ.

ފަޒުލް ވަނީ މިއަދު ވިނަރެސް އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ފަޒުލްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ވިނަރެސް މަޝްރޫޢު ކުރިޔަށްގެންދާ ކޮންޓްރެކްޓަރު ސީއެމްއީސީގެ އިސް ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.

އާބަންކޯ އިން ބުނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިނަރެސް ފްލެޓްތަކަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލައްވައި، މިހާރު ނުނިމިހުރި މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ވިނަރެސް މަޝްރޫއުގައި ހިމެނޭ 10 ޓަވަރަކީ މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިޔާގެ ތެރެއިން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. ވިނަރެސް ފްލެޓްތަކުގައި ހިމެނެނީ 13 ބުރީގެ 10 ޓަވަރެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެއެވެ. 

އެ މަސައްކަތް އަވަހަށް ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގެ ވީއޭއާރުގެ މައްސަލަތައް
އެޓްލާންޓާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗުގައި، މިޞްރުގެ މައްޗަށް 3-2 އިން ކުރިހޯދައި އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.
08 Jul 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ބޮޑުތަނުން ވެއްޓިއްޖެ
ޓިކެޓް ވިއްކާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، މި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ކުރިން 2,950 ޑޮލަރުގައި ހުރުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 1,200 ޑޮލަރަށް ތިރިވެފައެވެ.
08 Jul 2026
މިސްރު ކޯޗުގެ އުދާސްތައް ބަންޑުންކޮށްލައިފި
އެޓްލާންޓާގައި ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ އަތުން ބަލިވި މެޗުގައި އިންސާފުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފީފާއަށް ފާޑުކިޔާފައެވެ.
08 Jul 2026
ކޮލަމްބިއާ ބަލިކޮށް ސްވިޒަރލޭންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ސްވިޒަރލޭންޑުން ހޯދިއިރު މިއީ ވޯލްޑް ކަޕް ތާރީޚުގައި އެޓީމް ޕެނަލްޓީ ޝޫޓްއައުޓަކުން ހޯދި ފުރަތަމަ މޮޅެވެ
08 Jul 2026
އުނދަގޫ މެޗަކަށްފަހު އާޖެންޓީނާ ކުއާޓާ ފައިނަލަށް
މިމެޗްގައި ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން މިސްރުން ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްވިޒަރލެންޑާ ދެކޮޅަށެވެ.
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.