އާޖެންޓީނާގެ ކުޅުންތެރިން ކޮޕާ އެމެރިކާގެ ޓްރޮފީ އާއެކު
ކުޅިވަރު
08 Dec 2023 | 19:13
ކޮޕާ އެމެރިކާ 2024: އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވާދަވެރި، ޗިލީ އާއެކު ގުރޫޕް އޭގައި

އަންނަ އަހަރުގެ ޖޫން މަހު އެމެރިކާގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރުލުން މިއަދު ބޭއްވިއިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ވާދަވެރި ޗިލީ އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

2015 އަދި 2016 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ފައިނަލްގައި މިދެޓީމު ވާދަކުރި އިރު، މި ދެފަހަރު ވެސް އާޖެންޓީނާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗިލީ އެވެ. އަދި މި ދެ ގައުމާއެކު ގްރޫޕް އޭގައި ދެން ހިމެނެނީ ޕެރޫ އާއި ކެނެޑާ އަދި ޓްރިނިޑާޑް އެންޑް ޓޮބޭގޯއެވެ.

ގްރޫޕް ބީގައި ހިމެނެނީ މެކްސިކޯ އާއި އިކުއެޑޯ އަދި ވެނެޒުލޭނާގެ އިތުރުން ޖެމެއިކާއެވެ. ގްރޫޕް ސީގައި ހިމެނެނީ މުބަރާތް ބާއްވާ ގައުމު އެމެރިކާ އާއި އުރުގުއޭ އަދި ޕެނަމާގެ އިތުރުން ބޮލީވިއާއެވެ. 9 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބްރެޒިލް ހިމެނުނީ ގްރޫޕް ޑީގައެވެ. މިގުރޫޕްގައި ކޮސްޓްރިކާ އާއި ކޮލަމްބިއާގެ އިތުރުން ދެން ހިމެނެނީ ހޮންޑިއުރަސް އެވެ.

މިއީ 1916 ވަނަ އަހަރު ބާއްވަން ފެށި ދެކޮނު އެމެރިކާ ސަރަހައްދުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ބާއްވާ 48 ވަނަ ފަހަރެވެ. އަދި މިއީ މި މުބާރާތް އެމެރިކާގައި ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން މިމުބާރާތަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން ބޭއްވުނު ޚާއްސަ އެޑިޝަން ބޭއްވީ ވެސް އެމެރިކާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.