ތެލެސީމިއާ ކުއްޖެއްގެ ލޭ އަޅަނީ--ފޮޓޯ/ސަން
ހަބަރު
10 Dec 2023 | 18:16
ބޯން މެރޯ ޓްރާންސްޕްލާންޓް ވެސް ހެދޭ، ތެލެސީލިއާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަނީ!

ތެލެސީލިއާއަށް ފަރުވާ ދޭ ޚާއްސަ ހޮސްޕިޓަލެއް ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުالله ޚަލީލް ވިދާޅުވީ، ތެލެސީމިއާ ބަލި ތަހަންމަލްކުރަމުންދާ ފަރާތްތަކަށް، އެ ކަމަށް ފަރުވާ ހޯދުމާއި، އަދި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ވެސް ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމުން ތަކެއް ނިންމަވާފައިވާ ކަމަށެވެ. 

އެގޮތުން ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ، ތެލަސީމިއާ އާއި ގުޅުން ހުރި ހުރިހާ ކަމަށް ފަރުވާ ކުރެވޭނެ އެކަމަށް ޚާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމް ކުރުމެވެ. 

އަދި މިހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭނެ ފެންވަރަށް ކަަމަށާ، އަދި ތެލަސީމިއާ އަށް ފަރުވާ ކުރަން ރާއްޖޭގެ ރަށްރަށުން އަންނަ ފަރާތްތަކަށް އެތަނުގައި ހުރެވޭނެ އިންތިޒާމްވެސް ހަމަޖެހޭ ގޮތަށް ކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

ތެލެސީމިއާ ބައްޔަށް ބޭނުންވާ ފުރިހަމަ ފަރުވާ ފޯރުކޮށްދެވޭނެ، ވަށާޖެހޭ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރުމަށް (ނިންމާފައިވޭ) މި ހޮސްޕިޓަލުގެ ތެރެއިން ބޯން މެރޯ ހެދުމުގެ ޚިދުމަތްތައް، އޭގެ ކުރިއަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ތަކާއި، އަދި އޭގެ ފަހަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ގާއިމް ކުރުމަށް ނިންމާފައިވޭ. އަދި ހަމަ އެހެންމެ، އެ ޚިދުމަތް ހޯދުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އަންނަންޖެހޭ ފަރާތްތަކަށް އެ އިންފްރާސްޓްރަކްޗަރ ގެ ތެރޭގައި ހުރުމުގެ އިންތިޒާމް ހަމަޖެހޭ ގޮތަށް ހޮސްޕިޓާ ފަރުވާ ކުރުމަށް ނިންމާފައިވަނީ. 

މުޙައްމަދު ފިރުޒުލް އަބްދުالله ޚަލީލް

ފިރުޒުލް އިތުރަށް ވިދާޅުވީ، ތެލަސީމިއާ ހޮސްޕިޓަލް އެޅުމުގެ ޚަރަދާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ 25 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ކުރިއަށްދާން ކަމަށާއި އެ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށެވެ.
އެ ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދުގައި ކަމަށާއި ނަމަވެސް ހޮސްޕިޓަލް އަޅާނެ ވަކި ތަނެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ތެލެސީމިއާ ބައްޔަށް ފަރުވާ ކުރާ ފަރާތްތަކަށާ ތެލެސީމިއާ އަށް ޓެސްޓު ކުރުމަށް ކުރަންޖެހޭ ކަންކަމަށް ގިނަ ލުއި ތަކެއް ހޯދައި ދެއްވުމަށް ނިންމާފައެވެ.

އެގޮތުން ނިންމި ނިންމުން ތަކަކީ؛

• ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭހާއި ކޮންސިޔުމަބަލްސް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 

• ޑީއެންއޭ ޓެސްޓު ހަދަން ކުރަންޖެހޭ ޚަރަދު އާސަންދައިން ހަމަޖެއްސުން. އަދި ސަރުކާރުގެ ރަސްމީ ނިޒާމުގެ ތެރެއިން ޑީއެންއޭ ޓެސްޓު ހެދޭނެގޮތް ހަމަޖެއްސުން

• އަތޮޅު ތެރޭގައި ތެލެސީމިއާ ޓެސްޓް ހެދޭނެ އިތުރު މަގުތައް ފަހިކޮށްދިނުން

• ޓާޝިއަރީ ހޮސްޕިޓަލް ތަކުގައި ބްލަޑް ބޭންކް ގާއިމް ކުރުން

• 20 އަހަރުގެ ޕްލޭން އެކުލަވާލާއިރު، ތެލެސީމިއާ އަށް ހޭލުންތެރިކޮށް، ރާއްޖެއިން ތެލެސީމިއާ ބަލި ނައްތާލުމަށް މަސައްކަތްކުރުން

• ތެލެސީމިއާ ބައްޔަށް ފަރުވާ ކުރާ ފަރާތް ތަކުގެ ހަށިގަނޑުގެ އެކި ގުނަވަންތަކުގައި އަޔަން މާއްދާ ހަރުލާފައިވާ މިންވަރު ދެނެގަތުމަށް ހަދާ ޓެސްޓު، އާސަންދައިގެ ތެރެއިން، އިތުރު އެހެން އެއްވެސް މަރުހަލާއަކާއި ނުލައި ފަސޭހައިން ހެދޭގޮތް ހަމަޖެއްސުން

• އަންނަ އަހަރު ދައުލަތުގެ ބަޖެޓުގައި 5 ކުއްްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުން. އަދި އެ ޚިދުމަތަށް އެދިފައި ތިބި ހުރިހާ ކުދިންނަށްވެސް ކުރިއަށް އޮތް ތަނުގައި އެ މަގު ފަހި ކޮށްދިނުން

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.