އަތޮޅު ކައުންސިލްތަކާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
13 Dec 2023 | 21:33
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް 7 އަތޮޅު ކައުންސިލަކާއި ބައްދަލުކުރައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަތް އަތޮޅު ކައުންސިލަކާއި ބައްދަލުކުރައްވައިފިއެވެ.

އަތޮޅު ކައުންސިލްތަކާއެކު ބޭއްވުނު ސްޓްރެޓެޖިކް މަޝްވަރާތަކުގައި އިމާމް ތަމްރީނާއި ރިސާލާ ޕްރޮގްރާމާއި އެންޑޯމެންޓް ޕްރޮޖެކްޓްތައް ހިންގުމަށް ބާރުއެޅުމުގެ އިތުރުން އެކި ރަށްރަށުގައި ވަޤުފް ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމު މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަދު އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވި ހަތް އަތޮޅު ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ ލ، ކ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީއެވެ.

މި ސްޓްރެޓެޖިކް މަޝްވަރާތަކުން ދައްކުވައިދެނީ އެއްބާރުލުން އިތުރުކުރުމާއި ދީނީ ތައުލީމު އިތުރުކުރުމާއި މުޖުތަމައު ތަރައްގީކުރުމާއި މި ސަރަހައްދުތަކުގައި ދެމެހެއްޓެނިވި މަޝްރޫއުތައް ގާއިމްކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތައް ފައިދާހުރި ގޮތެއްގައި ހިންގުމަށް މިނިސްޓްރީން ކުރާ މަސައްކަތްކަން އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓަރީން ބުނީ މި މަސައްކަތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މެންޑޭޓްތަކާ އެއްގޮތްވާ މަސައްކަތެއް ކަމަށެވެ.

އަދި މި ވައުދު ފުރިހަމަކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި މިނިސްޓަރު ޑރ.ޝަހީމް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.