ހައުސިން މިނިސްޓަރު ހައިދަރު-- ފޮޓޯ: ވޮއިސް
ހަބަރު
13 Dec 2023 | 23:37
މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް: މިނިސްޓަރު ހައިދަރު

މި ފަސް އަހަރު ނިމެންވާއިރަށް މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ "އަމާން ދޯދި" ގެ މޮޑެލް އެޕާޓްމެންޓް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަމާޒަކީ އަޅުގަނޑުމެންގެ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބިފައިނުވާ އެއްވެސް އާއިލާއެއް އެއްވެސް ގޭބީސީއެއް ނެތުން. އެ އަމާޒަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން"

މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ 4،000 މީހަކަށް އެޕާޓްމެންޓް ލިބޭއިރު، ކުރިއަށް އޮތްތަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުފުޅުގެ ތެރެއިން އެފަދަ އިތުރު މަޝްރޫއުތައް ފަށާނެ ކަމަށެވެ. 

ހުޅުމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުން ވެސް ކުރުމުއްދަތެއްގައި ގެދޮރުވެރިކަމުގެ ސިޔާސަތު ހާސިލުވާނެކަމުގެ ޔަގީންކަން ދެއްވާ މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވީ ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ބޯހިޔާވަހިކަން ހަމަޖެއްސުމަށް ފުށިދިއްގަރުފަޅު ތަރައްގީކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކައިގެން ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި އެ މަޝްރޫއިން ދަރިންގެ ދަރިންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް މި މަޝްރޫއުތަކުގެ ސަބަބުން ލުޔެއް ލިބޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކައި، އެތަނުން ރައްޔިތުންނަށް ބިން ދޫކުރުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެ މަޝްރޫއު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް އެކަން ވަނީ ކޮމިޓީ މަރުހަލާގައި އެމްޑީޕީ މެންބަރުން އިސްވެ ތިއްބަވާ އުނިކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.