ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުالله ޚަލީލް-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
14 Dec 2023 | 14:15
ދައުލަތުގެ ޚަރަދުގައި ބޯން މެރޯ ހަދާ ފުރަތަމަ ޕޭޝަންޓް ފަރުވާއަށް ފުރައިފި: ފިރުޒުލް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ދަޢުލަތުގެ ޚަރަދުގައި ބޯން މެރޯ ހަދާ ތެލެސީމިއާ ފުރަތަމަ ބަލިމީހާ ފަރުވާއަށް ބޭރަށް ފުރައިފިއެވެ. 

މިމަހު 10 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ތެލެސީމިއާ އާއި ގުޅުން ހުރި ގިނަ މުހިންމު އެއް ނިންމުންތަކެއް ވަނީ ނިންމާފައެވެ. 

އެހޮތުން ތެލަސީމިއާ އާއި ގުޅުން ހުރި ހުރިހާ ކަމަށް ފަރުވާ ކުރެވޭނެ އެކަމަށް ޚާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމް ކުރުމަށް ނިންމާފައިވާއިރު މިހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭނެ ފެންވަރަށް ކަަމަށާ، އަދި ތެލަސީމިއާ އަށް ފަރުވާ ކުރަން ރާއްޖޭގެ ރަށްރަށުން އަންނަ ފަރާތްތަކަށް އެތަނުގައި ހުރެވޭނެ އިންތިޒާމްވެސް ހަމަޖެހޭ ގޮތަށް ކަމަށް އެދުވަހު ފިރުޒުލް ވިދާޅުވި އެވެ. 

ފިރުޒުލް އިތުރަށް ވިދާޅުވީ، ތެލަސީމިއާ ހޮސްޕިޓަލް އެޅުމުގެ ޚަރަދާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ 25 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ކުރިއަށްދާން ކަމަށެވެ. 

މީގެ އިތުރުން އެ ދުވަހު ނިންމާފައިވާ މުހިންމު ނިންމުތަކަކީ؛ 

• ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭހާއި ކޮންސިޔުމަބަލްސް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 

• ޑީއެންއޭ ޓެސްޓު ހަދަން ކުރަންޖެހޭ ޚަރަދު އާސަންދައިން ހަމަޖެއްސުން. އަދި ސަރުކާރުގެ ރަސްމީ ނިޒާމުގެ ތެރެއިން ޑީއެންއޭ ޓެސްޓު ހެދޭނެގޮތް ހަމަޖެއްސުން

• އަތޮޅު ތެރޭގައި ތެލެސީމިއާ ޓެސްޓް ހެދޭނެ އިތުރު މަގުތައް ފަހިކޮށްދިނުން

• ޓާޝިއަރީ ހޮސްޕިޓަލް ތަކުގައި ބްލަޑް ބޭންކް ގާއިމް ކުރުން

• 20 އަހަރުގެ ޕްލޭން އެކުލަވާލާއިރު، ތެލެސީމިއާ އަށް ހޭލުންތެރިކޮށް، ރާއްޖެއިން ތެލެސީމިއާ ބަލި ނައްތާލުމަށް މަސައްކަތްކުރުން

• ތެލެސީމިއާ ބައްޔަށް ފަރުވާ ކުރާ ފަރާތް ތަކުގެ ހަށިގަނޑުގެ އެކި ގުނަވަންތަކުގައި އަޔަން މާއްދާ ހަރުލާފައިވާ މިންވަރު ދެނެގަތުމަށް ހަދާ ޓެސްޓު، އާސަންދައިގެ ތެރެއިން، އިތުރު އެހެން އެއްވެސް މަރުހަލާއަކާއި ނުލައި ފަސޭހައިން ހެދޭގޮތް ހަމަޖެއްސުން

• އަންނަ އަހަރު ދައުލަތުގެ ބަޖެޓުގައި 5 ކުއްްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުން. އަދި އެ ޚިދުމަތަށް އެދިފައި ތިބި ހުރިހާ ކުދިންނަށްވެސް ކުރިއަށް އޮތް ތަނުގައި އެ މަގު ފަހި ކޮށްދިނުން

މިކަން ކަމަާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުالله ޚަލީލް ވިދާޅުވީ، ދައުލަތުގެ ޚަރަދުގައި ބޯން މެރޯ ހަދާ އެއް ކުއްޖަކު މިއަދު އެކަމަށްޓަކައި ފުރާފައިވާ ކަމަށެވެ. 

މިއަދު ބޯންމެރޯ ޓްރާންސްޕްލާންޓަށް އެއް ޕޭޝަންޓަކު، އެއް ކުއްޖަކު ފުރާފައިވޭ. އަދި ކުރިއަށް އޮތް މަދު ހަފްތާ ތެރޭގައި އިތުރު ކުއްޖަކުވެސް މި ފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރައިގެން ދާނެ.  

މުޙައްމަދު ފިރުޒުލް އަބްދުالله ޚަލީލް 

ފިރުޒުލް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަދު ހަފްތާ ތެރޭގައި، ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް ތެލެސީމިއާއަށް ފަރުވާ ކުރާ ފަރާތްތަކަށް ބޭސް ލިބުމާއި، ދެންވެސް އާސަންދަ މެދުވެރިކޮށް އެހެން ޚިދުމަތްތައް ލިބުން ފަސޭހަކަމާއި އެކު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. 

އަދި ތެލެސީމިއާ އަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ކުރަންޖެހޭ މަސައްކަތް ވެސް މިހާރު ފެށިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.