ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް. ފޮޓޯ: ވޮއިސް
ހަބަރު
14 Dec 2023 | 17:58
ސަރުކާރުގެ ވުޒާރާތަކަށް މުވައްޒަފުން އިތުުރުކުރަމުންދަނީ އެ ވުޒާރާތަކުގެ މަސައްކަތުގެ ޒާތުން: ފިރުޒުލް

ސަރުކާރުގެ ވުޒާރާތަކަށް މުވައްޒަފުން އިތުުރުކުރަމުންދަނީ އެ ވުޒާރާތަކުގެ މަސައްކަތުގެ ޒާތުންކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ސިޔާސީ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިނަމަވެސް ބައެއް ވުޒާރާތަކަށް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އައްޔަންކުރައްވަނީ ކީއްވެތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވީ ބައެއް ވުޒާރާތަކަށް އެ ވުޒާރާތަކުގެ މަސައްކަތުގެ ޒާތުން މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

“ބައެއް ވުޒާރާތަކަށް އެވުޒާރާތަކުގެ މަސައްކަތުގެ ޒާތުން މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރެވެމުން މިދަނީ، ކަނޑައެޅިފައި އޮތް މެންޑޭޓާ އެހުރި ވަޢުދުތަކާއި ކުރަންޖެހޭ މަސައްކަތްތަކާއި އެކަންކަމުގެ ޑެލިވަރީއަށް ކުރަން ޖެހޭ ކަންކަން އެއާއި ގުޅިގެންދާހެން، އެފިޝަންސީ އަށް ފޯކަސް ކުރެވިގެން” ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ މިހާތަނަށް ފެންނަން ހުރި ނަތީޖާތަކަށް ބަލާއިރު ސަރުކާރުގެ މަސައްކަތްތައް ބަރާބަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ސިޔާސީ މަޤާމުތައް 700ގައި ކޮންޓްރޯލް ކުރައްވާނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ ވޭތުވެދިޔަ ދެ ސަރުކާރަށްވުރެ ވެސް މަދު އަދަދެެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ހަމަ އެއާއެކު ސަރުކާރު އެކުލަވާލުމާއި ސަރުކާރުގެ ވުޒާރާތައް ބައްޓަން ކުރުމާއި އަދި ސިޔާސީ މަޤާމުތައް އެކުލަވާލުމުގައި ވެސް "އެފިޝަންސީ" އަށް ވަރަށްބޮޑަށް ފޯކަސްކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"މާނައަކީ އެކަމަކަށް އަޅުގަނޑުމެން ހާސިލް ކުރަން މި ޖެހޭ މަސައްކަތްތައް ފުރިހަމައަށް މަސައްކަތްތައް ބައްޓަން ކުރާނެކަން” ފިރުޒުލް ވިދާޅުވިއެެވެ.

މިހާތަނަށް ސަރުކާރުގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރެއްވައި ސަރުކާރު އެކުލަވައިލައްވައި އަދި ދައުލަތުގެ ވުޒާރާތަކަށް އޮނިގަނޑު އެކުލަަވާލެއްވުމާއި މިހުރިހާ ކަމެއްގައި ވެސް ރައީސްގެ ވިސްނުންފުޅު ގެންގުޅުއްވައިފައިވަނީ އެގޮތައް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބް ވިދާޅުވީ ސިޔާސީ މުވައްޒަފުން ނަންގަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އަދަދުގެ 50 އިންސައްތައަށް ވެސް އަދި މުވައްޒަފުން ނެގިފައިނުވާ ކަމަށެވެ. އަދި މުވައްޒަފުން ނަގާ އިންސައްތައިގެ 20 އިންސައްތައަކީ އަންހެނުންކަމަށް ވެސް “ވޮއިސް” އަށް މަޢުލޫމާތު ދެއްވަމުން ޝަހީބު ވިދާޅުވިއެވެ. އަދި ރައީސްގެ ވަޢުދުފުޅާއި އެއްގޮތައް 700އަށް ވުރެ ގިނައިން ސިޔާސީ މުވައްޒިފުން ނުނަންގަވާނެ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.