މިނިސްޓަރު ތާރިޤު-- ފޮޓޯ: ވޮއިސް
ހަބަރު
14 Dec 2023 | 23:07
ބްރިޖް ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނެގޭނެތޯ ދަނީ ބަލަމުން: މިނިސްޓަރު ތާރިޤު

މާލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރެވޭނެތޯ ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އެހެން މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯލާ ޕެނަލްތައް ހުރީ ހަރުކޮށްނިމި، ކަރަންޓު ދޭން ތައްޔާރުވެފައި ކަމަށާއި މީގައި މައްސަލައަށް ދިމާމިވަނީ އެތަނުގެ ވިއު ގެއްލި އެކަމުގެ އުނދަގޫ ދަތުރު ކުރާ ފަރާތްތަކަށްވުން ކަމަށް ވެސް ތާރިޤު ވިދާޅުވިއެވެ.

"ރައީސްގެ ވައުދުފުޅެއް އެއީ އެތަން ނެގޭނެތޯ ބަލާފަ ކުރެވެން ހުރި ކަންތައްތައް ކުރަން. އެއީ މިދަންނަވާހެން ބޭރުގެ އިންވެސްޓްމަންޓެއް އެއީ. ވޯލްޑް ބޭންކާއި އެއްކޮށް ހެދިފައި އޮތް އެއްބަސްވުމެއް މިއީ. އެހެންވީމަ ކޮބާތޯ އަޅުގަނޑުމެންނަށް އެކަންތައްތައް ކުރެވޭނެ ގޮތަކީ ބެލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ މިހާރު. މަސައްކަތް ކުރަމުން މިދަނީ އެތަކެތި ރިލޮކޭޓް ކުރެވޭން ގޮތްތަކަކީ. އެކަންތައްތައް އަޅުގަނޑުމެން ކުރަމުން މިދަނީ."

ތާރިޤު ވިދާޅުވިއެވެ.

މީގެ އިތުރުން އެތަނުން ޖަނަރޭޓް ކުރާ ޕަވާ އަކީ 5.5 މެގަ ވޯޓުކަން ފާހަގަކުރައްވައި މިނިސްޓަރު ތާރިޤު ވިދާޅުވީ އެތަކެތި ހުރި ތަނުން އެހެން ތަނަކަށް ބަދަލުކޮށްފި ނަމަ މާލޭގެ ކަރަންޓު ޕަވާ ޖަނެރޭޝަނަށް އަންނާނެ ބަދަލުތަކަކީ ވެސް ކޮބައިތޯ ބަލަންޖެހޭކަމަށެވެ. 

ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި މާލޭގެ ޕަވާ ޖަނެރޭޝަނަކަށް އެހާ ބޮޑު ކުރިއެރުމެއް ލިބިފައިނުވުމުގެ ސަބަބުން މާލެ ސަރަހައްދުގައި ކަރަންޓުގެ  ކެޕޭސިޓީ ދުވަހުން ދުވަހަށް ދަނީ ކުޑަވަމުންކަމުގައި ވެސް މިނިސްޓަރު ތާރިޤު ވިދާޅުވިއެވެ. އެހެންކަމުން މިހުރިހާ ކަމަކަށް ރިއާޔަތްކޮށް ސޯލާ ޕެނަލްތައް އެހެންތަނަކަށް ބަދަލުކުރުމުން ދިމާވާނެ މައްސަލަތަކާއި އެކަމަށް ހިނގާނެ ހަރަދު ބައްލަވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.

ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއަކީ ކުރީގެ ސަރުކާރުން ހިންގި މަޝްރޫއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.