ނަބީލް ޒަމީލް އާއި ރައީސް ޑރ މުހައްމަދު މުއިއްޒު--
ހަބަރު
15 Dec 2023 | 17:11
ނަބީލް ޒަމީލް މިލަންދޫ ދާއިރާ ކެންޕެއިން ވަރުގަދަ ކޮށްފި!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރައްވާ ޕީޕިއެމްގެ ސެނެޓަރު ނަބީލް ޒަމީލް ކެންޕެއިން ހަރަކާތްތައް ވަރުގަދަކޮށްފިއެވެ. 

މިލަންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ނިންމަވައި އެންމެ ފުރަތަމަ އެ ދާއިރާގެ ޕްރައިމަރީއަށް ފޯމު ހުށަހެޅުއްވީ ވެސް ނަބީލް ޒަމީލެވެ.

އޭނާ މިހާރު އަންނަނީ ކެމްޕޭން ބާރަށް ކުރިއަށް ގެންދެވުމަށް ދާއިރާގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. 

ނަބީލް ދާއިރާ ރައްޔިތުންނާ ބައްދަލު ކުރައްވަނީ--

ނަބީލަކީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ބޭއްވުނު ހަރަކާތާއި އެނޫންވެސް، ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮވެގެން، ހިންގި މަގުމަތީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެ ހަރަކާތްތަކުގެ ތެރޭއިން ވަރަށް ގިނަ ފަހަރު އޭނާ ވަނީ ހައްޔަރުވެސް ކޮށްފައެވެ. 

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވާކަން އިއުލާން ކުރައްވަމުން ނަބީލް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ދިފާޢުކޮށް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ތަސައްވުރު ހާސިލުކުރުމަށް ސަރުކާރުން މަސައްކަތް ކުރާއިރު ޤާނޫނީ ގޮތުން މަޖިލީހުގެ ޒިންމާ އަދާކޮށް، ސަރުކާރު ދިފާއުކޮށް، ޖަވަަބުދާރީކޮށް، ރައްޔިތުންގެ ހެވަށާއި ލާބައަށް އަބަދާއި އަބަދުމެ އޭނާ މަސައްކަތް ކުރާނޭ ކަމަށް ވިދާޅުވެފައެވެ. 

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖަށް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.