ސަޢޫދީޢަރަބިއްޔާ ޗައިނާ އަދި އިރާންގެ އިސްވެރިން. ފޮޓޯ: އަލްޢަރަބިއްޔާ
ދުނިޔެ
17 Dec 2023 | 07:25
އިރާން އާއި ސަޢުދީ އިން ބެއިޖީންގައިވި އެއްބަސްވުން ތަންފީޒު ކުރުމަށް އެެއްބަސް ވުމަކަށް އަތުވެއްޖެ

ސަޢޫދީޢަރަބިއްޔާ އާއި އިރާން އާއި ދެމެދު އޮތް ގުޅުން ބަދަހި ކުުރުމަށް ޗައިނާގެ ބެއިޖިންގައި ވި އެއްބަސްވުން ތަންފީޒު ކުރުމަށް އެދެޤައުމުން އެއްބަސްވެއްޖެއެވެ.

މިއަހަރުގެ ކުރީ ކޮޅުގައި ވަނީ ޗައިނާގެ ބެއިޖީންގައި ވަނީ ތިން ޤައުމު އެކުގައި ބައްދަލުވުމެއް ބާއްވައިފައެވެ. މިބައްދަލުވުމުގައި ސަޢުދީ އާއި އިރާނުން ވަނީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއް ގައި ސޮއިކޮށްފައެވެ.

މިބައްދަލުމާއި ގުޅޭ ސިލްސިލާ ބައްދަލުވުމެއް ބެއިޖިންގައި ވަނީ ބާއްވައިފައެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީ ފޮރިން އެފެއާޒް ކޮމިޝަން އޮފީހުގެ ޑިރެކްޓަރު އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި، ސަޢޫދީއާއި އީރާނުގެ ވަފުދުތަކުގެ އިސްވެރިންނާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ވަލީދު ބިން ޢަބްދުލްކަރީމް އަލް ޚުރައިޖީ އާއި ޢަލީ ބަގޭރީ ކާނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްވަރާތައް މައިގަނޑުގޮތެއްގައި ކުރިއަށްގެންދިޔައީ މިދިޔަ މާޗް މަހު ޗައިނާއިން އެއްބަސްވި ބެއިޖިން އެއްބަސްވުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއާ އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނެވެ.

މީގެ އިތުރުން ތެެހެރާންގައި ސަޢުދީގެ އެމްބަސީ އަލުން ޤާއިމް ކުރުމާއި ރިޔާޟްގައި އަލުން އިރާންގެ އެމްބަސީ ޤާއިމް ކުރުމާއި މެދު ވަނީ މަޝްވަރާ ކޮށްފައެވެ.

ތިން ޤައުމުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޣައްޒާގައި ކުރެވެމުންދާ ހަނގުރާމަ އަށް އަލިއަޅުވައިލައި އެކަމުގައި ހުރި ކަންބޮޑުވުންތައް ހާމަކޮށްފައިވެއެެވެ.

އިރާން އާއި ސަޢުދީ އާއި ދެމެދު އޮތް ގުޅުން ކެނޑިގެން ގޮސްފައިވަނީ އިރާންގެ ތެހެރާން އާއި މަޝްހަދް ގައި ހުރި ސަޢުދީގެ އެމްބަސީތަކަށް 2016 ގައި ހަމަލާދިނުމާއި ގުޅިގެނެވެ.

ތިން ޤައުމުގެ ދެމެދުގައި އެންމެ ފަހުން ބޭއްވުނު ވާހަކަތަކުގައި2001 ގައި ސަޢުދީ އާއި އިރާން އާއި ދެމެދު ވެވިފައިއޮތް “ސެކިޔުރިޓީ ކޯޕަރޭޝަން” އެއްބަސްވުމަށް ޢަމަލު ކުރަން ފެށުމާއި އަދި 1998 ގައި ދެޤައުމުގެ ދެމެދުގައި ވެވުނު ވިޔަފާރިއާއި ގުޅޭ އެއްބަސްވުންތަކަަށް ޢަމަލު ކުރުމާއި މެދު މަޝްވަރާ ކުރެވިފައިވެއެވެ.

ތިން ޤައުމުގެ މެދުގައި ބޭއްވޭ ސުލްޙައިގެ ވާހަކަތައް ދެން އޮންނާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ޗައިނާއިން ވަނީ އިޢްލާނު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.