ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި ހުސައިން ރަޝީދު
ހަބަރު
17 Dec 2023 | 08:59
ކެޔޮދޫ ރައްޔިތުންގެ އިހްސާސްތަކާ އެކު ހުސައިން ރަޝީދު މަޖިލީހަށް

މިއަަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމައި ހުސައިން ރަޝީދު އެކަން އިއުލާންކުރައްވައިފިއެވެ. 

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ހުސައިން ރަޝީދު (އުދަރެސް) ވިދާޅުވީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެޔޮދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމެވީ، އެ ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއި އަޑު އެންމެ ފުރިހަމައަށް ސަރުކާރާއި ހަމައަށް ގެނައުމަށް ކަމަށެވެ. 

ކެޔޮދޫ ދާއިރާގެ ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ހުސައިން ރަޝީދު ވިދާޅުވީ އެ ދާއިރާގެ މަޖިލިސް ގޮނޑި އަބަދުވެސް ފެންނަމުން އަންނަނީ ދޯހަޅިކޮށް ކަމަށާއި އެކަން ބަދަލުކޮށް އެ ގޮނޑިއަކީ ބާރުވެރި ޒިންމާދާރު ގޮނޑިއަކަށް ހެއްދެވުމުގެ އަޒުމުގައި އެ ދާއިރާއަށް ނިކުންނެވުމަށް ނިންމެވީ ކަމުގައެވެ. 

މި ފާއިތުވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް ހުސައިން ރަޝީދު ފާހަގަވެގެން ގޮސްފައިވަނީ އެ ދާއިރާގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް ހަރާކާތްތަރިވި އިސް ބޭފުޅެއްގެ ގޮތުގައެވެ. 

އެހެންކަމުން ކެޔޮދޫ ދާއިރާގެ ގޮނޑި ހުސައިން ރަޝީދަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ދާއިރާގެ އެންމެހައި ރައްޔިތުން އެ ބޭފުޅާއަށް ތާއީދުކޮށްދެއްވުމަށް ހުސައިން ރަޝީދު ވަނީ އެދިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.