ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް: ފޮޓޯ: ވޮއިސް
ހަބަރު
17 Dec 2023 | 11:19
ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރުމަށް ހުޅުވާލައިފި

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. 

އެކަން ހާމަކޮށް އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޕާޓީގެ އަސާސީ ގަވާއިދުގެ 51 ވަނަ މާއްދާގެ ދަށުން،  މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުގެ މެމްބަރުންގެ ޝަރުތު ހަމަވާ އަދި އެކަމަށް ގާބިލު މީހުންނަށް ހުޅުވާލާފައިވާ ކަމަށެވެ. 

އެގޮތުން ކުރިމަތިލާ ފަރާތްތަކުގެ ކެނޑިޑެސީ ކަށަވަރު ކުރާނީ ޕާޓީގެ ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ހާއްސަ ކޮމެޓީއަކުންކަމުގައި އެ އިއުލާނުގައި ވަނީ ބުނެފައެވެ. 

ވުމާއެކު ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހުގައި ވާދަޖުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 14:00ގެ ކުރިން، ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލާފައެވެ. 

މިހިނގާ 19 ވަނަ މަޖިލީހުގައި ޖޭޕީ ތަމްސީލު ކުރާ ތިއްބެވީ އެންމެ ދެ މެންބަރުންނެއެވެ. އެއީ އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ.

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގައި 93 ދާއިރާއެއް ހިމެނޭނެ އެވެ. މިހާރު ޕީޕީއެމް-ޕީއެންސީ އަދި އެމްޑީޕީން ވެސް ވަނީ ޕްރައިމަރީއަށް ހުޅުވާލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.