ރަހުމަތުﷲ އަޝްރަފް-- ފޮޓޯ/ވޮއިސް
ހަބަރު
17 Dec 2023 | 15:26
ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަޝްރަފް ދާއިރާ ރައްޔިތުންނާ ބައްދަލު ކުރައްވައިފި!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާ ރަހުމަތުالله އަޝްރަފް، ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުން އަޑު އައްސަވައިފިއެވެ. 

ރޭ ހުޅުމާލޭ ބްރައިޓްވޭ ސްކޫލް ގައި ބޭއްވުނު ކެންޕެއިން ޖަލްސާގެ ތެރެއިން އަޝްރަފްވަނީ ދާއިރާގެ ގިނަ ރައްޔިތުންނާއި ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުން އައްސަވާފައެވެ. 

އަދި ޖަލްސާގައި ވާހަކަ ދައްކަވަމުން އަޝްރަފް އެ މައްސަލަތަކަށް ރަނގަޅު އެދެވޭ ހައްލުތަކެއް ގެނެސްދެއްވުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން، އެކި ސަރަހައްދުތަކުގައި މީހުން ބަހައްޓާފައި ހުންނަ ކުނި ފޫނި ތަކުގެ މައްސަލަ އާއި، މަގުތަކުގެ ދުވާރު މަތީގައި ބިދޭސީން ވިޔަފާރި ކުރާ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް އަޝްރަފް ވިދާޅުވި އެވެ. 

ހަމަ އެހެންމެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޕާކެއް ހެދުމުގެ މަސައްކަތާއި، ހުޅުމާލޭ މަގުތައް އަމާން ތަނަކަށް ހެދުމަށް ރޯޑް ސޭފްޓީ އާއި ގުޅޭގޮތުން ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ  އިތުރުން ހުޅުމާލޭ ހޮސްޕިޓަލް ތަރައްގީ ކޮށް، އެތަނުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަ އެހީތަކެއް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ފަހަށް މެލޭޝިއާ އާއި އޮސްޓްރޭލިޔާގެ ކްއީންސް ލޭންޑް ޔުނިވާސިޓީން ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވައިގެން ހުންނެވި އަޝްރަފަކީ އެއާޕޯޓް އެމްޕްލޯއިމެންޓް ރިލޭޝަން މެނޭޖަރެއްގެ މަގާމާއި، މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން ގްރިވާންސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. 

މީގެ އިތުރުން ރިސޯޓް ސަޕްލައި އާއި ރިސޯޓް ލޭންޑް ސްކޭޕިން އާއި ރިއަލްއެސްޓްޓް ދާއިރާގައިވެސް މަސައްކަތް ކުރައްވާ އަޝްރަފް ވަނީ ވެމްކޯގެ ބޯޑް މެންބަރުކަންވެސް ކުރައްވާފައެވެ. 

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖަށް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.