ހޯރަފުށީ ކައުންސިލްގެ ރަންއަޑު ޤްރުއާން މުބާރާތް 2023 ގެ ބައިވެރިން
ހަބަރު
17 Dec 2023 | 19:54
ހޯރަފުށީ ކައުންސިލުން ބާއްވާ "ރަންއަޑު" ޤްރުއާން މުބާރާތް ޑިސެމްބަރު 22 ގައި

ހޯރަފުށީ ކައުންސިލްގެ "ރަންއަޑު" ޤުރްއާން މުބާރާތް 2023 މިމަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވޮއިސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތަކީ ހޯރަފުށީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެން ބާއްވާ މުބާރާތެއްކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ބޭއްވުނު އޮޑިޝަންގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ހޮވުނު 25 ދަރިވަރުންގެ މެދުގައި މުބާރަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 22 ން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރަކަށް ބަހާލެވިގެންނެވެ. އެއީ ހަނަފީ، މާލިކީ، ހަންބަލީ، އަދި ޝާފިޢީ އެވެ. އަދި މުބާރާތުގެ އެއްވަނަ ހޮވޭ ފަރާތްތަކަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ ދަންފަޅިތައް އަޑުއެހުމަށްދާ ފަރާތްތަކުގެ މެދުގައި ނަސީބުވެރި ފަރާތެއް ހޮވައި އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ކޮންމެ ދަންފަޅިއަކުންވެސް ދަރިވަރަކު އަދި އާއްމުންގެ ތެރެއިިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޢަދި މުބާރާތުގެ އިސް ފަނޑިޔާރުގެ ގޮތުގައި އިންސާފުކުރައްވަނީ މިދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްކަމުގައިވާ އަލްޤާރީ އިބްރާހީމް ޝިފާޢު އެވެ.

އިތުރަށް ވާހަކަ ދައްކަމުން މުހައްމަދު ވަހީދު ވިދާޅުވީ މި މުބާރާތަށް ގިނަ އަދަދެއްގެ އިނާމް ހުށަހަޅާފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.