ރައީސް ޔާމީން ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތުގައި އެ ޕާޓީގެ އޮފީހުގައި: ފޮޓޯ: މަލީހު
ހަބަރު
18 Dec 2023 | 12:57
ރައީސް ޔާމީން މިނިވަންކުރަން މަގުމައްޗަށް ނުކުންނަން މިތިބީ ތައްޔާރަށް: ޕީއެންއެފް

ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތަށް މަގުމައްޗަށް ނުނިކުމެ ތިބެނީ މި ސަރުކާރުގެ އެދުމުގެ މަތިން ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތަށް މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ތައްޔާރަށް ތިބި ކަމުގައި ޕީއެންއެފްއިން ބުނެއްޖެއެވެ. 

އެ ޕާޓީގެ އޮފީހުގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވަނީ، ރައީސް ޔާމީނަށް މި ސަރުކާރުން އެއްވެސް ދުލެއް ނުދޭ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ދުލެއް ނުދެވިގެން އުޅޭ ސަބަބާއި ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ. 

ރައީސް ޔާމީނަކީ އެ ވިދާޅުވާ ކަހަަލަ މުޖުރިމެއް ނޫނޭ. މުޖުތަމައަށް ހުރި ބިރެއް ނޫނޭ. އެހެން ހުރިހާ ބޭފުޅުންނަށް މިނިވަންކަމުގައި (އުޅެވޭ) ސިންގަޕޫރުގައި އައިސްކްރީމް ބޮނީ، ފައިވް ސްޓާ ހޮޓަލުގައި. ހަމަ އެކަނި ރައީސް ޔާމީނު ޖަލުގައި ހުންނަވަން ޖެހޭ ސަބަބެއް ނެތޭ

މުހައްމަދު މަލީހު

އެގޮތުން ރައީސް ޔާމިން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައި މަލީހުވަނީ އެމަނިކުފާނު މިނިވަން ކުރެއްވުމަށް ޖުމްހޫރީ މައިދާނަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ވަގުތުން މިނިވަން ކުރާށޭ، ތިޔަ ބޭފުޅުން ވިދާޅުވެގެންނޭ އަަޅުގަނޑުމެން ގެއަށް ވަދެ މިތިބީ. ނިކުންނަން ޖެހިއްޖެއްޔާ މިހާރު ވެސް ނިކުންނާނަމޭ، މަގުމައްޗަށް ވެސް ނުކުންނަން ޖެހިއްޖެއްޔާ ނިކުންނާނަމޭ. ޖުމްހޫރީ މައިދާނަށް ވެސް ދާން ޖެހިއްޖެއްޔާ ދާނަމޭ

މުހައްމަދު މަލީހު

ރައީސް މުއިއްޒުގެ ސަރުކާރު އުފެދުމާއެކު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާ ހިޔާލު ތަފާތުވެ، ޔާމީން ވަނީ އެ ޕާޓީ ދޫކުރައްވައިފަ އެެވެ. ދަރިކަލުން ޒެއިން ޔާމީނުގެ މަސްއޫލުވެރިކަމުގައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ފެށްޓެވީ އެހިސާބުންނެވެ.

ކޮމެންޓް
ޔަހޫޔާ
އޭނަ ޖަލައްލާ އޭނަގެ ވެރިކަމައް ކުރިމަތި ލުމުގެ ހައްގު ގެއްލުވާލީ އިބޫ އެކަން ރަނގަޅައް އިނގޭ ރައްޔިތުންނައް އަދި ލުއި ދިނީ ވެސް ވެރިކަންގެއްލި މުއީޒު ދޫ ކުރާށޭ ބުނީމަ އެހެން ނޫންނަމަ އަދިވެސް ހުންނާނީ ޖަލުގަ
18 Dec 2023
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.