ޕީޕީއެމް/ ޕީއެންސީގެ ޓިކެޓްގައި މާކެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރާއި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު--
ހަބަރު
18 Dec 2023 | 16:26
މެނިފެސްޓޯ އެކުލަވާލެއްވުމުގައި ރައީސް ޑރ. މުޢިއްޒު ދެއްވި އެހީތެރިކަމަށް ޢާޒިމާގެ ޝުކުރު!

ޕީޕީއެމް/ ޕީއެންސީގެ ޓިކެޓްގައި މާކެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މެނިފެސްޓޯ އެކުލަވާލެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފިއެވެ. 

މިކަމާއި ގުޅިގެން ޢާޒިމާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހިރާއްޖެއަކީ ދިވެހިން ފަޚުރުވެރިވާ ފަދަ "ދިވެހިންގެ ރާއްޖެ" އަކަށް ހެއްދެވުމަށް ރައީސް މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅަށް ތަޢުރީފް ކުރައްވާފައެވެ. 

އަދި ޢާޒިމާގެ މޭޔަރު ކަމުގައި، ރައީސް މުޢިއްޒު ފަށްޓަވާފައި އެވާ މަސައްކަތުގެ މާލޭގެ ބައި ތަންފީޒުކުރެއްވުމަށް ގަދަ އަޅައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

މީގެ ކުރިންވެސް ޢާޒިމާ ވަނީ އޭނާ މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވަން ނުކުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މާލެ ސިޓީ އަށް ޚާއްސަ ކުރައްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރައްވަން ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން މޭޔަރ ކަމަށް ވާދަކުރައްވާ ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޢާޒިމާ ވަނީ، އޭނާ ހުންނެވީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތްކުރެއްވުމަށް ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑުމެން ނުކުމެ މި ތިބީ ރައީސް މުޢިއްޒުގެ ވިޝަން ރާއްޖެއަށް ކާމިޔާބު ކުރެއްވުމަށްޓަކައި އޭގެ މާލޭގެ ބައި ހިފައިގެން. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ވާނެ އިންތިޚާބު ކާމިޔާބު ކޮށްފައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ކުރާނެ ބަޔަކަށް. އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށްވުރެ މުހިންމު ކަމެއް ނޯންނާނެ. މިއަދު އަޅުގަނޑުމެން ކުރިމަތި މިލަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވިޝަންގެ ތެރެއިން މާލެ އަށް ޚާއްސަ ކުރެވިފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި. އަޒުމާއެކު އަޅުގަނޑުމެން މި ތިބީ. އަޅުގަނޑުމެންގެ ޢަޒުމެއް ނުގުޑާނެ." މޭޔަރ ކަމަށް ވާދަކުރެއްވުމަށް ފޯމު އީސީ އަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޢާޒިމާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.