އާޒިމާ ޝަކޫރު-- ފޮޓޯ: ވޮއިސް
ހަބަރު
18 Dec 2023 | 21:29
މާލޭގައި ދިރިއުޅުމުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އޮނިގަނޑެއް ފަރުމާ ކުރާނަން: އާޒިމާ

މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފިނަމަ މާލޭގައި ދިރިއުޅުމުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އޮނިގަނޑެއް ފަރުމާ ކުރައްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިފަދައިން ވިދާޅުވީ މިރޭ ސަންގުޓީވީން ސްޓެލްކޯ މާލަމުގައި ކުރިއަށް ގެންދިޔަ މާލޭ މޭޔަރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޯހިޔާވެހިކަމަކީ ދުސްތޫރީ އަދި އަސާސީ ހައްގެއް ކަމަށް ފާހަގަކުރައްވާ އެ ހައްގު ހުރިހާ އެންމެނަށް ހަމަހަމަކަމާއި ތަފާތުކަމެއް ނެތި ސާބިތުކަމާއެކު ފޯރުކޮށްދިނުމަކީ ޕީޕީއެމް/ ޕީއެންސީގެ މައިގަނޑު ސިޔާސަތު ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ގޯތި ގެދޮރުގެ ދަތިކަމާއިއެކުގައި ޑިއުޓީ ބަހައިގެން ނިދަން ނުޖެހޭނެ ވަރުގެ ބޯހިޔާވެހިކަމެއް ފޯރުކޮށްދިނުން. ހަމައެއާއިއެކު ފުރާވަރަށް އަރަމުން އަންނަ ކުދިންނަށް ގޭން ބޭރަށް ނުނިކުމެ ގޭގެ ދަތިކަމާ އެކު ގެއިން ބޭރަށް ނިކުންނަށް ޖެހޭޖެހުން ބަދަލުކޮށްދިނުން. އަދި ޓިއުޝަނަށްޓަކައި ނުވަތަ އެހެންވެސް ބޭނުންތަކަށްޓަކައި ގޭގެ ސިޓިން ރޫމްގައި މައިންބަފައިންނާއި އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުން."

އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އާޒިމާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން 20 އަހަރުގެ ޕްލޭނެއް ސަރުކާރުން އިއުލާނު ކުރުމާއިއެކު މާލެ ސިޓީ ކައުންސިލްގެ މާލޭގެ ޗެޕްޓާ އެކަމަނާގެ މޭޔަރު ކަމުގައި ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި އެ ޗެޕްޓާ ވެގެންދާނީ ރާއްޖޭގެ ހުރިހާ މައްސަލައަށް ލިބޭނެ ހައްލަކަށް ވެގެންދާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެެވެ.

އާޒިމާ ވިދާޅުވީ މާލޭގެ ބޯހިޔާވަހި ކަމުގެ ރައްކާތެރިކަމަކީ ޕީޕީއެމް/ޕީއެންސީގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަކަމަށް ވާތީ މާލޭގެ ދިރިއުޅުމުގެ ރައްކާތެރިކަމަށްޓަކައި ވަކި މުވައްސަސާއެއް އުފައްދަވައި ދިރިއުމާއި ގެދޮރުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އޮނިގަނޑެއް ފަރުމާ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.