އަމާން ދޯދި 2 ކޮޓަރީގެ ޔުނިޓުގެ ސިޓިންރޫމް-- ފޮޓޯ: އެފްޑީސީ
ހަބަރު
19 Dec 2023 | 21:41
އަމާން ދޯދި ދެކޮޓަރީގެ ޔުނިޓް ބަލާލުމަށް އާންމުންނަށް ހުޅުވާލައިފި

އަމާން ދޯދި އެކްސްޕީރިއަންސްގެ ދެ ކޮޓަރީގެ ޔުނިޓްތައް ބަލާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އާންމުންނަށް ހުޅުވާލައިފިއެވެ.

އެފްޑީސީން ބުނީ މި ޔުނިޓްތައް ބަލާލުމަށް ޒިޔާރަތް ކުރެވޭނީ ބުކިން އުސޫލުން ކަމަށެވެ.

އެގޮތުން މި ޔުނިޓްތައް ބަލާލުމަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ކޮންމެ ދުވަހަކު ވެސް 14:00-18:00 އަށް ކަމަށާއި ޒިޔާރަތް ކުރަން ރަޖިސްޓަރ ކުރުމަށް ބޭނުންވާ ޕޯޓަލް އެފްޑީސީގެ ސައިޓުން ފެންނާނެ ކަމަށް އެފްޑީސީން ބުނެއެވެ.

މި އެކްސްޕީރިއަންސް ޔުނިޓްތައް އާންމުންނަށް ހުޅުވާލުމުގެ މަޤްސަދަކީ، ފްލެޓްތައް ހަވާލުކުރުމުގެ ކުރިން، ޒަމާނީ ގެތައް ފަރުމާކުރެވޭނެ ތަފާތު ގޮތްތައް އާންމުންނަށް ދައްކުވައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަމާން ދޯދި އެކްޕީރިއަންސް 2 ކޮޓަރީގެ ޔުނިޓްތައް ރަސްމީކޮށް މިމަހުގެ 14 ވަނަ ދުވަހު އިފްތިތާހުކޮށްފައިވާއިރު، އަމާން ދޯދީގެ ހައުސިން ޔުނިޓްތައް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ 16 ޓަވަރަށް ބަހާލައިގެންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ ދެ ކޮޓަރީގެ 600 ޔުނިޓާއި ތިން ކޮޓަރީގެ 1400 ހައުސިން ޔުނިޓެވެ. 

ކޮމެންޓް
ރައްޔިތު މީހާ
މުޅިން ވެސް ދެއްކުން ދެއްކުންތެރިކަން ދޭން ބަލާއިރު ދެވޭކައްނެތް ފުލަޓް ވެރިންނަށް މަލާމާތް ކުރުން ނޫން ކަމެއްނެތް. މިނިސްޓަރީން އަޅުވަނީ އޭސީސީ ބޮލުގަ. އޭސީސީ އިން މިނިސްޓަރީ ބޮލުގަ. މަޖާކަމެއް.
20 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.