1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމްއެމްޕީއާރްސީގެ އެމްޑީ މަރުހަބާ ވިދާޅުވެ ހަދިޔާ ދެއްވަނީ / ފޮޓޯ: ވޮއިސް
ހަބަރު
20 Dec 2023 | 18:21
1.8 މިިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް!

ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.  

1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށްޓަކައި މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު އެ ފަތުރުވެރިއާއަށް މަރުހަބާ ކިޔާފައިވާއިރު، މަރުހަބާ ކިޔުމުގައި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އާއި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަދާފައިވާ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރު ފާތުމަތު ތައުފީގު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަންގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި އިދާރާތަކުން ވަނީ އެ ފަތުރުވެރިޔާއަށް އެކި ހަދިޔާތައް ދީފަ އެވެ.

އޭގެ ތެރޭގައި ހިލްޓަން މޯލްޑިވްސްއިން އަމިންގިރި ރިސޯޓްގައި މިފަތުރުވެރިޔާއަށް 4 ރޭ ވަންދެން ހިލޭ ހުރުމުގެ ވައުޗާއެއް ހިލްޓަންގެ ޖެނެރަލްގެ މެނޭޖަރުގެ ފަރާތުން ދީފައިވެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ހަރަކާތަށް ފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ޓުއަރިޒަމް މިނިސްޓަރު ފައިސަލް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އާ ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ. އަދި ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަނަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ޓޫރިޒަމް ސެކްޓަރ އާއި ގުޅުން ހުރި ހުރިހާ ސިނާއަތެއް ގުޅިގެން ޓޫރިޒަމްއިން ލިބޭ ރެވެނިއު 6 ބިލިއަން އަށް އިތުރު ކުރުން" ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

ޓުއަރިޒަމް މިނިސްޓަރު ފައިސަލް

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓުއަރިސްޓުން އަންނަ އެއް ގައުމަކީ ރަޝިޔާއެވެ. އޭގެ އިތުރުން އިންޑިއާ އަދި ޗައިނާއަކީ ވެސް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކެވެ.

ރާއްޖޭއަކީ މިހާރުވެސް ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވީ ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް އައު މަންޒިލުތަކާއި މާކެޓުތައް ހޯދުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ކުރަމުންދާކަމަށް އެ ކުންފުނީގެ އެމްޑީ ފާތުމަތު ތައުފީގު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އައު މާކެޓުތައް ހޯދުމަށް އެ ކުންފުނިން ދިރާސާކުރަން ފަށާފައިވާކަން ވެސް މިއަދުގެ ހަރަކާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާތުމަތު ތައުފީގު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.